ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޗީފް އެޑްމިނިސްޓްރޭޓަރ (ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓު)

 

މި ޑިޕާޓްމަންޓުގެ ނަންބަރު: 198-A/2021/196 (14 އޮކްޓޫބަރު 2021) އިޢުލާނުން ތ.ތިމަރަފުށީ ކްލަސްޓަރގެ "ޗީފް އެޑްމިނިސްޓްރޭޓަރ" މަޤާމަށް މީހަކު ހޯދުމަށް ފުރުޞަތު ހުޅުވާލުމުން އެ މަޤާމަށް އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، ބުނެވިދިޔަ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް  ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2021/227     

ތާރީޚް:  28 ނޮވެންބަރު 2021

މަޤާމު

ޗީފް އެޑްމިނިސްޓްރޭޓަރ

ރޭންކް: އެމް.އެސް 3

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތްކުރަންޖެހޭ ތަން

ތ.ތިމަރަފުށި މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/7,035 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:   2,110/50  (އަސާސީ މުސާރައިގެ %30)

- ސަރވިސް އެލަވަންސް:-/2,000  

- ލިވިންގ އެލަވަންސް:-/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބި، އެމުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބި، އެމުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުން.  ނުވަތަ
  3. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ މެޖިސްޓްރޭޓް ކޯޓުގެ ނުވަތަ އެ ކްލަސްޓަރގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  މަޤާމުގެ މަސްޢޫލިއްޔަތު މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ޓީއޯއާރުގައި ހިމެނިފައިވާނެއެވެ.

ތަޢުލީމީ ރޮނގު

މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޝަރީޢަތާއި ޤާނޫނު ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ޕަބްލިކް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންސް / އެކައުންޓްސް މެނޭޖްމަންޓް
  3. ޕަބްލިކް ޕޮލިސީ، ޕޮލިސީ ޕްލޭނިންގ، އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް
  4. ޝަރީޢަތާޢި ޤާނޫނު، ޤާނޫނު

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތް ތަކުން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
  11. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.  

ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރިކަމަށް ބެލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ތަންތަނުގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައި ވާނަމައެވެ.

 

  1. ޝަރުޢީދާއިރާގެ ވަޒީފާގެ އޮނިގަނޑުގައި އެމް.އެސް 3 ރޭންކުން ފެށިގެން މަތީގެ ރޭންކެއްގައި މަސައްކަތްކޮށްފައިވުން.
  2. ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވެބްސައިޓުގައި ލިސްޓުކުރެވިފައިވާ ކުންފުންޏެއްގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
  3. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގައި ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާނަމަ، އެކުންފުންޏަކީ 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވުން.
  4. ޤައުމީ، ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވުން.

ސުންގަޑި

2021 ޑިސެންބަރު 7 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ތ.ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށްވެސް އެޕްލިކޭޝަންތައް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް، ތ.ތިމަރަފުށި މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ·     މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340856 / 3340853
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދާއިރާގެ އެހެން ކޯޓުތަކަށާއި، ރާއްޖޭއާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުކުރެވޭނެފަދަ ސިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ޕަވަރޕޮއިންޓް ފަދަ ޕްރޮގްރާމްސްތަކާއި، މަސައްކަތާ ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
  • ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ޝަރުއީދާއިރާ ތަމްޞީލުކުރެވޭނެ ފަރާތަކަށްވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާއި، ޕެންޝަނާބެހޭ ޤާނޫނާއި، ކޯޓުތަކާބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
     

 

28 ނޮވެންބަރު 2021
ހޯދާ