ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ަތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގެ ސާރވިސް ޗާޓާރ

 

 

 

 

 

ކައުންސިލް އިދާރާގެ ސަރވިސް ޗާޓަރ

ތަޢާރަފް؛

މިއީ، ތިލަދުންމަތީ އުތުރު އުތީމު ރަށުކައުންސިލް އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

ވިޝަން؛

އުތީމު ކައުންސިލް އިދާރާއަކީ، މުޅިރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކަންކަން އެކަށަހަޅައި، ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ސިޔާސަތުތަކަށް ފެތޭގޮތަށް، ހުނަރުވެރިކަމާއެކު، އެންމެންގުޅިގެން މަސައްކަތްކުރާ، އިޚްލާޞްތެރިކަމާއެކު ޚިދުމަތްދޭ، ޤާބިލު ޒިންމާދާރު މުވައްޒަފުން ތިބި، ނަތީޖާ ޙާޞިލުކުރާ، ނަމޫނާ ދައްކައިދޭ ރަށުކައުންސިލްގެ އިދާރާއަކަށްވުން.

މިޝަން؛

ލާމަރުކަޒުކޮށް ރަށް ހިންގުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށް، ރަށުގެ ރައްޔިތުންގެ ކަންކަން ތަރުތީބުކޮށް ސަރުކާރާއި ދަޢުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅައި ޚިދުމަތްތައް ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އެންމެ އިސްފަރާތަކީ، ރަށުކައުންސިލްކަމަށްވުމާއެކު، ކައުންސިލްގެ މަސްޢޫލިއްޔަތުތަކާއި، ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ދިނުމާއި، ކައުންސިލްގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ ތަފާސްހިސާބުތަކާއި މަޢުލޫމާތު އެއްކޮށް، ކައުންސިލަށް ފޯރުކޮށްދީ، ވިލަރެސްކޮށް ބެލެހެއްޓުމާއި ވަޒަންކުރުމުގައި ކައުންސިލަށް އެއްބާރުލުންދީ އެހީތެރިކަން ދިނުން.

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ޚިދުމަތް ހޯދުމަށް އަންނަ އިސްރައްވެހިންނާއި، ދަޢުލަތާއި ރަށަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙާއްޞަ ސަމާލުކަމެއްދީ އިޙްތިރާމް އަދާކުރުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް  ޚިދުމަތް ހޯދަން ކައުންސިލަށްގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ކައުންސިލްގެ ރަސްމީފޯނަށް އަންނަ ފޯނުކޯލުތަކަށް ލަސްވެގެން 5 ރިންގުން ޖަވާބު ދެވޭނެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

އެންޓްރީކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

  • އޮފީހަށް ލިބޭ ލިޔެކިޔުންތައް ރަސްމީ 1 ދުވަހުގެ ތެރޭގައި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަނަށް ފޯރުކޮށްދެވޭނެ.
  • އުސޫލީ މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާއަކުން މަޢުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެ މައްސަލައަކާއި ގުޅުންހުރި މުއައްސަސާއަކަށް ހުށަހަޅައި، އެ މުއައްސަސާއަކުން ޖަވާބު ލިބުމުން ރަސްމީ 3 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް ޖަވާބު ދެވޭނެ.

 

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ރަސްމީ ދުވަސް ތަކުގައި އޮފީހަށް ދުރުވެ ވެރިއަކާއި ބައްދަލުކުރުމަށް އެދިއްޖެނަމަ އެވަގުތަކީ ވެރިން ނަން ބައްދަލުކުރެވޭނެ ވަގުތަކަށް ވާނަމަ އެފުރުޞަތު ހޯދައިދެވޭނެ.

އައި.ޑީ.ކާޑު ހެދުން

4

އައި.ޑީ.ކާޑު ހެދުން

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ 8:30 އިން 13:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކޮށް ބަލައިގަނެވޭނެއެވެ. އީމެއިލްގެ ޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާނީ [email protected]އަށެވެ. ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އަދި ޑީ.އެން.އާރު ގެ ވެބްސައިޓުން ފޯމުލިބެން ހުންނާނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމުލިބޭތާ ރަސްމީ 2 ދުވަސްތެރޭގައި، ކާޑުހެދުމަށް ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި ފުރިހަމަކުރުމަށްފަހު، އައި.ޑީ.ކާޑު ހެދުމަށްޓަކައި ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

 

  • ޑީއެންއާރ އިން، ނިމިފައިހުރި އައި.ޑީ ކާޑުތަށް ކައުންސިލަށް ލިބުމާއި އެކު ވެރިފަރާތަށް ކާޑު ލިބިފައިވާ ކަން އަންގާ  ރަސްމީ 03 ދުވަސްތެރޭގައި ވެރިފަރާތާ  އެ ކާޑު ތައް ޙަވާލުކުރެވޭނެއެވެ.

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

5

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

  • ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން އުމުރުން 65 އަހަރުފުރޭ ފަރަޓްތަކަސް 65 އަހަރު ފުރުމުގެ 15 ދުވަސް ކުރިން ކައުންސިލް އިދާރާއިން އެކަން އެންގޭނެއެވެ.

 

  • ޕެންޝަނަށް އެދޭ ފޯމް، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާއިން ބަލައިގަނެވޭނެއެވެ. އީމެއިލްގެ ޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ.

 

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމަށްފަހު ޕެންޝަން އޮފީހަށް ފޮނުވޭނެއެވެ.

 

ޕެންޝަން އޮފީހަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މަޢުލޫމާތު، ރަސްމީ 1 ދުވަހުގެތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

6

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

  • ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 8:30 ން 13:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އީމެއިލްގެ ޒަރީޢާއިން ދޫކޮށް ބަލައިގަނެވޭނެއެވެ.

 

  • އެކަނިވެރިމައިން/ބަފައިންގެ ފޯމު ކައުންސިލް އިދާރާއަށް ލިބޭތާ ރަސްމީ 3 ދުވަހުގެތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދުމަށްފަހު، ދަފުތަރު ކުރުމާއި އެހީ ހަމަޖައްސައިދިނުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.
  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 1 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމު ފޮނުވުން

7

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމު ފޮނުވުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް، ކޮންމެ ރަސްމީދުވަހެއްގެ 8:30 ން 13:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ނުވަތަ ޢީމެއިލްގެ ޒަރީޢާއިން ދޫކޮށް، ބަލައިގަނެވޭނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި، ދަފްތަރުކުރުމާއި، މާލީ އެހީ ހަމަޖެއްސުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.

 

  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 1 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

8

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

  • މަރުފޯމު ކައުންސިލް އިދާރާއަށް ހުށަހެޅުމުން، ކަށުކަމާކެމީގެ ކަންކަން  އިންތިޒާމް ކުރުމަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓަށް މަރުފޯމު ލިބުމުން 1 ގަޑި އިރުތެރޭގައި ޖަނާޒާގެ ކަންކަން އެއާއިލާއަކުން ބޭނުންވާގޮތަކަށް ޖަނާޒާ ކަންކަން ހަމަޖެއްސުމަށް ގުޅުއްވާނީ ކައުންސިލްގެ ހޮޓލައިން ނަމްބަރު 7920038 އަށެވެ.

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

9

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

  • މަރުފޯމް ހުށަހެޅުން.
  • ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީން އުނިކުރުމަށް ފަހު، ނިޔާވެފައިވާކަމުގެ ލިޔުން (މަރުފޯމް) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވުން.
  • މަރުވި މީހާ ރަށްވެހިވެފައިވާ "ރަށްވެހީންގެ ރަޖިސްޓްރީ" ގޭގެ ގެ އަސްލު   3 ދުވަސްތެރޭގައި ކައުންސިލާ ހަވާލުކުރުން. އަދި މަރުވިމީހާގެ ނަން ރަޖިސްޓްރީ އިން އުނިކުރުމަށް ފަހު ހަމަ އެދުވަހު އަނބުރާ ގޭގެ ވެރިފަރާތާ ރަޖިސްޓްރީ ހަވާލުކުރެވޭނެއެވެ.

 

އުފަންދުވަހުގެ ރަޖިސްޓްރީ، އުފަންދުވަހުގެ ސެޓްފިކެޓް ހެދުން އަދި ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކުރުން (އަލަށް އުފަންވާ ކުދިންގެ)

10

އުފަންދުވަހުގެ ރަޖިސްޓްރީ، އުފަންދުވަހުގެ ސެޓްފިކެޓް ހެދުން އަދި ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކުރުން ( އަލަށް އުފަންވާ ކުދިންގެ )

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ނަން ފާސްކުރާ ފޯމް

   - މަންމައާއި ބައްޕަގެ އައިޑީކާރޑް ކޮޕީ، ކައިވެނީގެ ސެޓްފިކެޓް ކޮޕީ ނުވަތަ ވަރީގެ ސެޓްފިކެޓްގެ ކޮޕީ.

     ހޮސްޕިޓަލް ނުވަތަ ސިއްޙީމަރުކަޒުން ފޫޅުމާފޯމް އެންޓަރ      ކޮށްފައިވާނަމަ، ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެ.

  • އުފަންވާތާ 90 ދުވަހުގެ ތެރޭގައި، ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދި ހުށަނާޅައިފި ނަމަ ކަނޑައެޅިފައިވާ އުޞޫލުން ޖޫރިމަނާ ކުރެވޭނެއެވެ.

 

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

11

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ސެޓްފިކެޓް ހަދާ ފަރާތުގެ އައިޑީކާރޑް ކޮޕީ

  • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެ.
  • ނޯޓް: އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަޖިސްޓްރީ ގެއްލިގެން ނުވަތަ ހަލާކުވެގެން ހައްދާ ނަމަ ކަނޑައެޅިފައިވާ އުޞޫލުން ޖޫރިމަނާ ކުރެވޭނެއެވެ.

ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ އެޑްރެސް ބަދަލުކުރުން

12

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

  • 18 އަހަރުން މަތީ މީހެއް ނަމަ ރަޖިސްޓްރީ ބަދަލުވާން އެދޭ ފަރާތް، 18 އަހަރުން ދަށުގެ ކުއްޖެއް ނަމަ ބަލަދުވެރިޔާ/ ބެލެނިވެރިޔާ ސިޓީއަކުން ހުށަހެޅުން.
  • މިސިޓީގައި ބަދަލުވާން ބޭނުންވާ އެޑްރެހާއި އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުންގެ ނަމާއި އެޑްރެސް ހިމަނުއްވައި އެ އެންމެންގެ އައިޑީކާރޑް ކޮޕީ ހުށަހެޅުން.
  • ބަދަލުވާން އެދޭ ގޭގެ ވެރިފަރާތުން އިޢުތިރާޟް ނުކުރާ ކަމުގެ ސިޓީ ހުށަހެޅުން.
  • ސިޓީ ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސްތެރޭ ރަޖިސްޓްރީ ކުރެވޭނެ.

 

ރަށްވެހިކަން ބަދަލު ކުރުން

13

ރަށްވެހިކަން ބަދަލު ކުރުން

  • 18 އަހަރުން މަތީ މީހެއް ނަމަ ރަޖިސްޓްރީ ބަދަލުވާން އެދޭ ފަރާތް، 18 އަހަރުން ދަށުގެ ކުއްޖެއް ނަމަ ބަލަދުވެރިޔާ/ ބެލެނިވެރިޔާ ފޯމު ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ބަދަލުވާން އެދޭ މީހާ ނުވަތަ މީހުންގެ އައިޑީކާރޑް ކޮޕީ ހުށަހެޅުން.

  • ފޯމު ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހޯދުމަށްޓަކައި ރަޖިސްޓްރީވެފައިވާ ރަށަށް ފޮނުވޭނެ.
  • އެމީހެއްގެ ރަޖިސްޓްރީ އޮތް ރަށަކުން ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސް ތެރޭ ރަށްވެހިކަން ބަދަލުކޮށްދެވޭނެ.

 

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

14

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

  • އެމީހަކު ބަދަލުވާން އެދޭ ރަށެއްގެ ކައުންސިލުން މިކައުންސިލަށް މެސެޖަކުން ނުވަތަ ސިޓީއަކުން އެންގެވުމުން ބަންދުނޫން 3 ދުވަސްތެރޭގައި ރަޖިސްޓްރީން އުނިކޮށްދެވޭނެ.

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

15

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

  • ނަން ބަދަލުކުރުމަށް އެދޭ ފަރާތުން އެކަމަށް އެދޭ ސިޓީއާއި ޤާނޫނީ ފޯމް ފުރިހަމަކޮށް ހުށަހެޅުން. (ޤާނޫނީ ފޯމް ދޫކުރިތާ އެކެއް މަސް ހަމަވުމުގެ ކުރިން ކައުންސިލަށް ގެނައުން) މި ފޯމް ފުރިހަމަކޮށް ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ނަން ބަދަލުކޮށް އުފަންދުވަހުގެ ސެޓްފިކެޓާއި ރަޖިސްޓްރީ ހައްދައިދެވޭނެއެވެ.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- އައިޑީކާރޑްގެ އަޞްލު

- އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު

- އުފަންދުވަހުގެ ރަޖިސްޓްރީގެ އަޞްލު

  • ނަން ބަދަލުކޮށް އުފަންދުވަހުގެ ސެޓްފިކެޓާއި ރަޖިސްޓްރީ ހެއްދުމަށްފަހު ޑީ.އެން.އާރ. އަށް މަޢުލޫމާތު ފޮނުވައި ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ރަޖިސްޓްރީ އިޞްލާޙްކުރެވޭނެއެވެ.

ނަން ބަދަލުކުރުން (10 އަހަރުން ދަށް)

16

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއެކު ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- އައިޑީކާރޑްގެ އަޞްލު

- އުފަންދުވަހުގެ ސެޓްފިކެޓްގެ އަޞްލު

- އުފަންދުވަހުގެ ރަޖިސްޓްރީގެ އަޞްލު

  • ނަން ބަދަލުކޮށް އުފަންދުވަހުގެ ސެޓްފިކެޓާއި ރަޖިސްޓްރީ ހެއްދުމަށްފަހު ޑީ.އެން.އާރ. އަށް މަޢުލޫމާތު ފޮނުވައި ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ރަޖިސްޓްރީ އިޞްލާޙްކުރެވޭނެއެވެ.

ހުކުރު، އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

17

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

  • ހުކުރު، ޢީދު އަދި ކޭތަނަމާދު ކުރުމަށް މިނިސްޓްރީއޮފް އިސްލާމިކު އެފެއާޒުން ހުއްދަ ދީފައިވާ ފަރާތެއްގެ 'ހުއްދަ' ކައުންސިލް އިދާރާއަށް ލިބޭތާ ލަސްވެގެން 1 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާގައި އޮންނަ ދަފްތަރުގައި ރަޖިސްޓްރީ ކުރުން.
  • އިމާމުން،މުދިމުން ހަމަޖެއްސުމުގައި ޖަމާއަތުގައި ހުކުރު، އީދު އަދި ކޭތަ ނަމާދުކުރުމަށް ހުއްދަ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ މެދުގައި ހަމަހަމަ ވާގޮތަށް އީދު، ކޭތައަދި ހުކުރު ނަމާދު ކުރުމަށް ޙަވާލުކުރުން   
  • ހުކުރު ،އީދު އަދި ކޭތަ ނަމާދަށް އިމާމުން ހަމަޖެއްސުމަށް ރަސްމީ އެއްދުވަސް ކުރިން އިމާމުން،މުދިމުން ނަށް އަންގާ ސޮއިކުރެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުން

18

ވަޒީފާއަށް އެދި ހުށަހެޅުން

  • ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އިޢުލާނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމު މި އިދާގައި ހަމަޖެހިފައިވާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަނީ ރަނގަޅު ފޯމު ކަން މި އިދާރާއިން ކަށަވަރުކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް މުވައްޒަފުގެ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ނަމަ،  ސްކްރީނިންގ މަރުޙަލާގައި އެ ކަން ފާހަގަކޮށް ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިޔުމުން އެ ކަން އަންގައި،  ރަނގަޅު ފޯމް ހުށަހެޅުމަށް 48 ގަޑިއިރު ދެވޭނެއެވެ. މި މުއްދަތުގައި ރަގަޅު ފޯމު ހުށަހަޅާފައިނުވާނަމަ އެ ހުށަހެޅުމެއް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން  ވަޒީފާއަށް އެދޭ ފޯމާއެކު އެއްކަރުދާސްކުރުމަށް ހުށަހެޅޭ ލިޔުންތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެ އެއްވެސް ލިޔުމެއް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ.
  • ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014  ގެ 78 ވަނަ މާއްދާގެ (ހ) ގެ 1،2،3،6،9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ  ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަމަ ވޭތޯ ބަލައި ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރެވޭނެއެވެ.  އަދި މި ގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއް ކަމުގައެވެ. 
  • އިންޓަވިއު މަރުޙަލާ ފެށުމުގެ  ކުރިން ލިޔުމުން އެ ކަން، ސްކްރީންކުރުމުގެ މަރުޙަލާގައި މަޤާމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާ ފަރާތްތަކަށް  އެ ފަރާތުގެ ހުށަހެޅުން  ހޮވިފައިނުވާ ސަބަބު އެންގޭނެއެވެ.  މި ގޮތުން އެ ފަރާތްތަކަށް އެންގުމުގައި ސްކްރީންކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް ތަފްޞީލުކޮށް ބަޔާން ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނައިން ހުށަހަޅާފައިވާނަމަ، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަރވިއު އަދި އެސެސްމެންޓާޢި ޕްރެޒެންޓޭޝަން އޮންނާނެ މުއްދަތު އެންގޭނެއެވެ. އަދި އިންޓަރވިއުއަށްފަހު މާކްސް ލިބުނުގޮތުގެ ތަފްޞީލް ޢާއްމުކުރެވޭއެވެ.
  • މާކްޝީޓް ޢާޢްމުކުރެވިފާ މުއްދަތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާނަމަ، އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ސީ. އެސް ވިއުގަރ މެދުވެރިކޮށް ސިވިލް ސާރވިސް އަށް ފޮނުވޭނެއެވެ.
  •  

އެސްޓިމޭޓާއި، ބީލަން ހުށަހެޅުން.

 

19

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން.

  •      އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 ދުވަސް ދެވޭނެ.
  •   ބީލަން ލިބޭތާ 2 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެ.
  • ބީލަން ފޯމް މިކައުންސިލުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6500038 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
  • ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން 5 ދުވަހުގެ ތެރޭގައި ހެދުން
  • ބީލަމުގެ އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ބީލަމާ މެދު ގޮތެއް ނިންމުމަށް ބިޑު ކޮމިޓީއަށް ހުށަހެޅޭނެ.
  •          ބީލަމާ ގުޅިގެން ބިޑު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތަށް 5 ނުވަތަ 7 ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ. މަސައްކަތާ ހަވާލުވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓެކްސް ދައްކައި މި އޮފީހަށް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެ.
  • ބީލަމާ ގުޅޭ ގޮތުން ބިޑު ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމި ގޮތް  ރަސްމީ 5 ދުވަހުގެ ތެރޭގައި ބީލަންވެރިންނަށް އެންގޭނެއެވެ. އަދި ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަން  ރަސްމީ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  •         ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި އެޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
  • ބީލަމާ ގުޅިގެން ލިބޭ ސަކުވާތަކަށް ޖަވާބުދިނުމަށްފަހު 5ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތަށް ބީލަން ކާމިޔާބު ކުރި ކަމުގެ ލިޔުން ފޮނުވުން އަދި ބީލަމުގައި ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން  ލިޔުމުން އެންގޭނެއެވެ.
  • ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެގްރިމެންޓް ހެދުން އަދި އެޕްރޫވް ކުރުން
  • ބީލަން ހަވާލުކުރުމަށްފަހު  މަސައްކަތް ފެށިގެންދާނެއެވެ.

ފައިސާ ބަލައިގަތުން

20

ފައިސާ ބަލައިގަތުން

  • ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް ފައިސާ ބަލައިގަތުމުގެ އެންމެހައި ކަންކަން ކުރިޔަށް ދާނެއެވެ.
  •  ފައިސާ ދެއްކުމުން ފައިސާ ބަލައި ގަން ކަމުގެ ރަސީދު އެފަރާތަސް ދެވޭނެއެވެ.  

 

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

21

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

  • މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން ދޫކުރާ ވިޔަފާރި ރަޖިސްޓްރީ އެފަރާތަށް ލިބޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ރަޖިސްޓްރީގެ ކޮޕީ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި އެފަރާތް ރަޖިސްޓްރީ ކުރެވޭނެއެވެ.

މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން

 

22

މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން

  • ވިޔަފާރި ކުރުމަށް ޖާގަ ބޭނުން ވެގެން އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެ ހުށަހެޅި  ފަރާތުން އެހުށަހެޅުމެއް ހުށަހެޅީ  ގަވާއިދުގެ ދަށުން ހެދިދައިވާ އުޞޫލުގައިވާ ގޮތުން ދާއިމީ ގޮތެއްގައި އެތަނުގައި ވިޔަފާރި ކުރުމަށްތޯ ނުވަތަ ވަގުތީގޮތުން އެތަނުގައި ވިޔަފާރި ކުރުމަށްތޯ ކަށަވަރުކޮށް އެފަރާތަކަށް މި ދެހާލަތުގައި ކުލި ނެގޭ ގޮތާއި އަދި ކުލީގެ މިންވަރު އުޞޫލާއި އެއްގޮތަށް އޮޅުން ފިލުވައިދިނުން. އަދި އެކަން އެހުށަހަޅާ ހުށަހެޅުމުގައި ވަގުތީ ގޮތުންކަން ނުވަތަ ދާއިމީގޮތުންކަން ބަޔާން ކުރެވިފައި ނެތް ނަމަ އެކަންބަޔާންކޮށް އަލުން ހުށަހެޅުމަށް އެފަރާތަށް ފުރުޞަތު ދިނުން.
  • މި ޙިދުމަތަށް އެދި ހުށަހަޅާނީ ސިޓީއަކުންނެވެ. މިސިޓީ އާއިއެކު ފަރުދުންގެވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ ސެޓްފިކެޓްގެ ކޮޕީ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް ހުށަހަޅާ ފާރަތްތަކުން އެތަނުގައި (އެމޭޒުގައި ނުވަތަ އެގާޑިޔާގައި) ކާބޯތަކެތީގެ ވިޔަފާރި ކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގައި ނުވަތަ ކައުންސިލެއްގެ ޕަބްލިކް ހެލްތް ޔުނިޓާއި ބެހޭ ބައިގައި ނުވަތަ އެރަށެއްގައި ހުންނަ ސިއްޙީ ވުޒާރާ އެއްގައި ރަޖިސްޓްރީ ކޮށް އެފަރާތުން ދީފައިވާ ސާފުތާހިރު ކަމުގެ ސެޓްފިކެޓް އޮތްތޯ ކަށަވަރުކުރުން. އެފަދަ ލިއުމެއް ނެތް ނަމަ އެލިއުން ހޯދައި ހުށަހެޅުމަށް އެންގުން.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ދާއިމީ ގޮތެއްގައި މަގުމަތީގައާއި ޢާންމު ތަންތަނުގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ ކައުންސިލުން އެފަދަ ވިޔަފާރި ދާއިމީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަކުން ޖާގާ އޮތްތޯ ބަލައި ޖާގަ އޮތްނަމަ ހުށަހާޅާތާ 7 ދުވަހުގެ ތެރޭގައި ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
  • ފުރަތަމަ ދެވޭ މުއްދަތު މިއަށްވުރެ، މުއްދަތު އިތުރުކުރަން ބޭނުންވާ ނަމަ އެއްބަސްވުމުގައިވާ މަރުހަލާގެ ކުރިން އެއްބަސްވުމުގައި ބަޔާންކުރާގޮތަށް ކައުންސިލަށް ލިއުމުން މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން ކައުންސިލުން އެއިރުގެ ހާލަތަށް ރިއާޔަތްކޮށް މުއްދަތު އިތުރުކުރެވޭނެއެވެ.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ވަގުތީ ގޮތުން މަގުމަތީގައާއި ޢާންމުތަނެއްގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ އެފަދަ ފަރާތަކަށް ވަގުތީ ގޮތުން ދެވޭ ތަނާމެދު ކައުންސިލާއި މަޝްވަރާކޮށް ކަނޑައެޅުމަށް ފަހު އެފަދަ ވިޔަފާރި ވަގުތީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ވީ އެންމެ އަވަހަކަށް ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
  • މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ  އެއްވެސް ފަރާތަކަށް ދީފިނަމަ ކައުންސިލް އޮންނަ " މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރު " ގައި އެފަރާތެއް ރަޖިސްޓްރީ ކުރަމުން ގެންދާނެއެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން.

23

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން.

  • ޚިދުމަތަށް އެދޭ ފަރާތުން، 3 ނުވަތަ އެއަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ގަރާޖް އޮތްކަމުގެ ލިޔުން ލިބުމަށްއެދި ސިޓީއަކުން ހުށަހަޅަންވާނެއެވެ.
  • ސިޓީއާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިއެކިއުމެއް ހުށަހަޅާފައިވާކަން ކަށަވަރުކުރެވޭނެއެވެ.
  • ގަރާޖް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކުރުމަށްފަހު ޝަރުތު ހަމަވާނަމަ، ހުށަހަޅާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަސް ތެރޭގައި ހުއްދަ ދޫކުރެވޭނެއެވެ. އަދި ޝަރުތު ހަމަނުވާ ނަމަވެސް އެފަރާތަށް ރަސްމީ 3 ދުވަސް ތެރޭގައި އެކަން އެންގޭނެއެވެ.
  • ގަރާޖަށް ދޫކުރެވިފައިވާ ހުއްދައެއް ބާޠިލްކުރަން ބޭނުން ވެއްޖެނަމަ، ލިއުމުން ކައުންސިލަށް އަންގަންވާނެއެވެ.
  •  

ކަނޑުއުޅަނދުފަހަރުގެސަލާމަތީހެއްދުން

24

ކަނޑުއުޅަނދުފަހަރުގެސަލާމަތީހެއްދުން

  •  ކަނޑު އުޅަނދުގެ ސާރވޭއަށް އެދޭ ފޯމް (MS-1) ހުށަހެޅުން އަދި ފީ ދެއްކުން (ސެޓްފިކެޓަކަށް 250ރ) މުއްދަތު ހަމަވެފައިވާނަމަ، ކޮންމެ ސެޓްފިކެޓަކަށް ޖޫރިމަނާގެ ގޮތުގައި 1000ރ
  • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
  • ފޯމު ގުޅުންހުރި ސެކްޝަނާ ހަވާލުކުރުން
  • ފޯމު އަދި ފޯމާ އެކުގައިވަ ލިޔުންތައް ޗެކްކުރުން
  • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖެއްސުން
  • ސާރވޭކުރުމަށް ދިއުން
  • ސާވޭ ކުރުމަށްފަހު ރަސްމީ 3 ދުވަހުގެ ތެރޭގައި ސަލާމަތީ ސެޓްފިކެޓް ދޫކުރުން

ކަނޑުއުޅަނދުސާވޭކުރުން

 

25

ކަނޑުއުޅަނދުސާވޭކުރުން

  • ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއިބެހޭ ކަންކަމަށް އެދޭ ފޯމް (MR-1) ހުށަހެޅުން އަދި ފީ ދެއްކުން - 250ރ
  • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
  • ފޯމު ގުޅުންހުރި ސެކްޝަނާ ހަވާލުކުރުން
  • ފޯމު އަދި ފޯމާ އެކުގައިވަ ލިޔުންތައް ޗެކްކުރުން
  • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖެއްސުން
  • ސާރވޭކުރުމަށް ދިއުން
  • ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސަރވޭކޮށް ދޫކުރާ ލިޔުން (MR-2) ދޫކުރުން

ގޯތީގެ ކަންމުޑި އެޅުމާއި ކަން ވަށްކުރު

26

ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން

  • ފައުންޑޭޝަން ޗެކްކުރުމާއި، ކަންމުޑި އެޅުމާއި، ގޯތީގެ އިންވަކިކޮށް ދިނުމަށް އެދޭ ފޯމް ހުށަހެޅުން
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން

-          ފޯމް އެންޓްރީ ކުރުން

-          ކަންމުޑި އެޅުމަށް އެދިފައިވާ ގޯތި އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރުން.

-          ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، ކަންމުޑި އެޅުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 1 ދުވަހުގެ ތެރޭގައި އެންގުން.

-          ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދިނުން.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުން

-          ގޯތި ސާފުކުރުމަށް އެންގި ތާރީޚަށް ގޯތި ސާފުކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސާފުކުރުމަށް އެންގި މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކޮށްފައިނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.

ގޯތީގެ އިންވަކިކުރުން

27

ގޯތީގެ އިންވަކިކުރުން

  • ފައުންޑޭޝަން ޗެކްކުރުމާއި، ކަންމުޑި އެޅުމާއި، ގޯތީގެ އިންވަކިކޮށް ދިނުމަށް އެދޭ ފޯމް ހުށަހެޅުން
  • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން

-          ފޯމް އެންޓްރީ ކުރުން

-          އިންވަކިކުރުމަށް އެދިފައިވާ ގޯތި އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 3 ދުވަހުގެ ތެރޭގައި ޗެކްކުރުން.

-          ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، އިންވަކި ކުރުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 2 ދުވަހުގެ ތެރޭގައި އެންގުން.

  • ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 03 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުން

-          ގޯތި ސާފުކުރުމަށް އެންގި ތާރީޚަށް ގޯތި ސާފުކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ގޯތި ސާފުކުރުމަށް އެންގި މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކޮށްފައިނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.

ގޯތީގެ ރަޖިސްޓަރީ ހެއްދުން

28

ގޯތީގެ ރަޖިސްޓަރީ ހެއްދުން

 

  • ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ބަޔާންކޮށްފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައިވާ ގޯއްޗަށް ކުރިން ރަޖިސްޓަރީ އެއް ހައްދާފައިވާނަމަ، ކުރީގެ ރަޖިސްޓަރީގެ އަޞްލު ހުށަހެޅުން
  • (ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅާފައިވާނަމަ، ރަޖިސްޓަރީގެ އަޞްލު ހުށަހަޅާކަށް ނުޖެހޭނެއެވެ.)
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން

-          ފޯމް އެންޓްރީ ކުރުން

-          ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތި އޮތީ ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރުން.

-          ގޯތި ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ރަޖިސްޓްރީއާ ޙަވާލުވުމަށް ފޯމުގައި ބަޔާންކޮށްފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި އެންގުން.

-          ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ގޯތި އޮތްތަނަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ގޯތީގެ މިންތައް (ގޯތީގެ ވެރިފަރާތް ނުވަތަ ގޯތީގެ ވެރިފަރާތުން ކަނޑައަޅާ ފަރާތުގެ ޙާޟިރުގައި) ޗެކްކޮށް ނޯޓް ކުރުން.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައި ނުވާނަމަ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުން

-          ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް އެންގި ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ގޯތި ސާފުކުރުމަށް އެންގި މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައިނުވާނަމަ ގޯތި ސާފު ނުކުރުމުގެ ސަބަބުން ނުވަތަ ކަންމުޑި އަޅާފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

29

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

  • ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ބަޔާންކޮށްފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން.
  • ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯއްޗަށް ކުރިން ގޯތީގެ ރަޖިސްޓަރީއެއް ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހައްދާފައިވާނަމަ، އެ ރަޖިސްޓަރީއެއްގެ އަޞްލު ހުށަހެޅުން.
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން

-          ފޯމް އެންޓްރީ ކުރުން

-          ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ގޯތީގެ ވެރި ފަރާތުން ކަނޑައަޅާ ފަރާތެއްގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-          ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ގޯތީގެ ވެރި ފަރާތުން ހުށަހަޅާ ފަރާތަށް، ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި އެންގުން.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތީގެ އިންވަކިކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުން

-          ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

30

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

  • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ހުށަހަޅާފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ކްލެރިފިކޭޝަން ފޯމް ހުށަހެޅުން (ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތު ސާފުކުރާ ފޯމް)
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން

-          ފޯމް އެންޓްރީ ކުރުން

-          ކްލެރިފިކޭޝަން ފޯމް ފުރުމަށްޓަކައި ގޯތީގެ ވެރިފަރާތާއި ނުވަތަ އެޕްލިކޭޝަން ފޯމް ހުށަހެޅި ފަރާތާއި ވަގުތުން ޙަވާލުކުރުން.

-          ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވޭތޯ ބެލުމަށް ރަސްމީ 05 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ރަސްމީ 07 ދުވަހުގެ މުއްދަތަށް ޢާއްމު އިޢުލާނެއް ކުރުން.

-          ކްލެރިފިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުމުން، ފޯމްގައި ރަޖިސްޓަރީ ރަޙުނުކޮށްފައިވާކަމަށް އެއްވެސް ފަރާތަކުން ބަޔާންކޮށްފައި ނުވާނަމަ، އަދި 07 ދުވަހުގެ މުއްދަތަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާކަމަށް އަންގާފައިނުވާނަމަ، ޚިދުމަތުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުން.

-          އިޢުލާނުގެ މުއްދަތު ހަމަވެ، އަދި ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެއްދުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށްވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އެންގުން.

  • ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ޢާއްމު އިޢުލާންގެ މުއްދަތު ހަމަވެފައިވާނަމަ، ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ، ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން.
  • ޢާއްމު އިޢުލާންގެ މުއްދަތު ހަމަވުމުގެ ކުރިން ކުލެރިފިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅައިފިނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އަންގާނީ ޢާއްމު އިޢުލާންގެ މުއްދަތު ހަމަވާތާ، ރަސްމީ 02 ދުވަހުގެ ތެރޭގައެވެ.
  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، އިޢުލާނުގެ މުއްދަތު ހަމަވެ،ކްލެރިފިކޭޝަން ފޯމް ހުށަހަޅާ އަދި ގޯތީގެ އިންވަކިކޮށްފައިވާނަމަ، ރަސްމީ ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން )ސްލިޕް ދޫކުރުން
  •  ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް
  • ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް މަތީގައިވާ ގޮތުގެމަތިން ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، އިޢުލާނުގެ މުއްދަތު ހަމަވެ، ކުލެރިފިކޭޝަން ފޯމް ހުށަހެޅި ތާރީޚުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.
  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.
  • • ރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބިފައިވާކަމަށް ހުށަހަޅާފިނަމަ، ނުވަތަ ކުލެރިފިކޭޝަން ފޯމުގައި ރަޖިސްޓަރީ ރަހުނުކޮށްފައިވާނަމަ، އެއްވެސް މާލީ އިދާރާއަކުން ބަޔާންކޮށްފައިވާނަމަ، އަލުން ރަޖިސްޓަރީ ހައްދައިދެވެން ނެތްކަމާއި، ރަޖިސްޓަރީއާއި ގު ޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތު ގޯތީގެ ވެރިފަރާތަށް ލިޔުމުން ފޯރުކޮށް ދެވޭނެއެވެ.

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

31

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

  • މަގު ބަންދުކުރުމުގެ ހުއްދައަށް އެދި މަގު ބަންދުކުރުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 2 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުން.
  • މަގު ބަންދުކުރުމަށް ހުއްދަ ދެވިފައިވާ ވަގުތު ހަމަވުމުން ސަރަޙައްދު ސާފުކޮށް ކައުންސިލަށް އަންގަންވާނެއެވެ.

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

32

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

  • މަގު ކޮނުމުގެ ހުއްދައަށް އެދި މަގު ކޮނުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 2 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުން.
  • މަގުކޮނުމުގެ ހުއްދަ ދޫކުރުމަށް ހުށަހަޅާފައިވާ ސަބަބު ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރުން
  • މަގުކޮނުމަށް ދޫކުރާ ހުއްދައިގެ ކޮޕީ އިންޖީނުގެ، ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށް ޙަވާލުކުރުން

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

33

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

  • އިމާރާތްކުރުމުގެ ހުއްދައަށް އެދި ޚިދުމަތަށް އެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުން.
  • އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ ހުއްދަ ދޫކުރުން

ދަނޑުވެރިކަމަށް ބިން ދޫކުރުން

 

ދަނޑުވެރިކަމަށް ބިން ދޫކުރުން

  • ދަނޑުވެރިކަމަށް ބިން ހޯދުމަށް ސިޓީ އަކުން ކައުންސިލަށް ހުށަހެޅުން.
  • ދަނޑު ބިމުގައި ޖާގަ އޮތް މިންވަރަސް ބަލައި ބިންދޫކުރެވޭނަމަ ރަސްމީ 7 ދުވަހުގެ ތެރޭގައި ބިން ދޫކުރުން
  • ދޫކުރެވޭ ބިން ކަނޑައެޅެމުން ބިން ސާފުކޮށް ކައުންސިލަށް އެކަން އަންގަންވާނެއެވެ.
  • ކައުންސިލުން ބިން ޗެކްކުރާތާ ،ރަސްމީ 3 ދުވަހުގެ ތެރޭގައި އެއްބަސްވުން އެކުލަވާލާ ބިން ހަވާލު ކުރެވޭނެއެވެ.

 

26 ނޮވެންބަރު 2021
ހޯދާ