ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، މާލޭ ނޯތް ހާބަރުގެ ސާރވިސް ކައުންޓަރ އޭރިއަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަމްބަރު IUL 113-PD/1/2021/118 އިއުލާނާއި ގުޅިގެން އަގު ހުށައެޅުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަަމަށްވާތީ، އެ ނަމްބަރު އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
1. |
ސައިޓް އިންސްޕެކްޝަން އާއި ރަޖިސްޓަރީވުން |
30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން ހާޒިރުވެ މައުލޫމާތު ސާފުކޮށް ރަޖިސްޓަރވުން ( ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)
|
|
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
07 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި ޕްރޮޕޯސަލް
|
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.
