ދިވެހިރާއްޖެ
ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދިނުމަށް މި ސަރވިސްގެ ނަންބަރު:- (IUL)167-PR/167/2021/68 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތް ކުރުމަށް ތިރީގައި ދެންނެވިފައިވާ ފަރާތައް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 38 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްޞީލަށް އެދެވި ދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
1. ބީލަން ޙަވާލުކުރަން ނިންމާފައިވާ ފަރާތް:-
| ކުންފުނީގެ ނަން:- | އީ ޓޯކް | 
| ހުށަހަޅާފައިވާ އަގު:- | 95,000.00 ރ | 
| ހުށަހަޅާފައިވާ މުއްދަތު:- | 01 ދުވަސް | 
2. ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-
| ކުންފުނީގެ ނަން:- | ޕްރޯ ލެޕް | 
| ހުށަހަޅާފައިވާ އަގު:- | 105,000.00 ރ | 
| ހުށަހަޅާފައިވާ މުއްދަތު:- | 18 ދުވަސް | 
| ބީލަން ކާމިޔާބު ނުވި ސަބަބު:- | މި މަސައްކަތް ހަވާލު ކުރަން ނިންމާފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅައިގެން އެއްވަނައަށް ގޮސްފައިވާ ފަރާތަށެވެ. | 
| ކުންފުނީގެ ނަން:- | ކޮމްޕިއުޓަރ ޕްލަސް | 
| ހުށަހަޅާފައިވާ އަގު:- | 86,250.00 ރ | 
| ހުށަހަޅާފައިވާ މުއްދަތު:- | 05 ދުވަސް | 
| ބީލަން ކާމިޔާބު ނުވި ސަބަބު:- | މައުލޫމާތު ޝީޓުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެ ކިޔުންތައް ހަމަނުވުން. | 
| ކުންފުނީގެ ނަން:- | ޕާރސަނަލް ކޮމްޕިއުޓަރ | 
| ހުށަހަޅާފައިވާ އަގު:- | 141,250.00 ރ. | 
| ހުށަހަޅާފައިވާ މުއްދަތު:- | 10 ދުވަސް | 
| ބީލަން ކާމިޔާބު ނުވި ސަބަބު:- | މައުލޫމާތު ޝީޓުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެ ކިޔުންތައް ހަމަނުވުން. | 
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާގޮތުގެ ތަފްޞީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2021 ޑިސެމްބަރ 02 ވަނަ ދުވަހެވެ. މި ތާރީޚައް ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
އީ.މެއިލް :-[email protected]
ސެކްޝަން :-Procurement section
ފޯން ނަންބަރު :-3026124 , 3026133
 
                    