އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ރަށުގެ ގޭގެއިން ކުނިއުކާލުމަށް ތިރީގައި މިދަންނަވާ ވެހިކަލް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

ވެހިކަލްގެ ބާވަތް

ބޭނުންވާ ޢަދަދު

ޕިކަޕް، 2 ޓަންގެ (ފޮށިގަނޑު ހަރުކޮށް، ޑަންޕުކުރެވޭ)

1

ޕިކަޕް، 750 ކިލޯގެ (ފޮށިގަނޑު ހަރުކޮށް، ޑަންޕުކުރެވޭ)

1

 

            

 

           

 

             މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ.

             ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2021 ޑިސެންބަރު 2 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާގައި ރަޖިސްޓަރީވެ، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީވުމާއި، މަޢުލޫމާތު ސާފުކުރުމަށް [email protected] އީމެއިލްއަށް (މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ނަން، އެޑްރެސް، ފޯން ނަންބަރު، އީމެއިލް އެޑްރެސް) ހުށައެޅުއްވުން އެދެމެވެ. އަދި މިއިދާރާގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް ބީލަންހުށައެޅުމުގެ ފުރުޞަތު ނެތްކަމުގައި ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުން މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ޝީޓް ފޯރުކޮށްދެވޭނެއެވެ.

             މި މަސައްކަތައް ބީލަން ހުށަހެށުމާއި، ބީލަންހުޅުވުން އޮންނާނީ 2021 ޑިސެންބަރު 7 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.

23 ނޮވެންބަރު 2021
ހޯދާ