މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

ވަޒީފާގެ ފުރުސަތު (ކޮންސަލްޓަންޓް)

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ގުޅިގެން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި ދާއިރާގެ ޢިމާރާތްތަކުގެ އިންޖިނިއަރިންގގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އުސޫލްތަކުގެ ތެރެއިން، ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ތިރީގައި ދަންނަވާ ދާއިރާތަކުން އެ އަދަދަށް ކޮންސަލްޓަންޓުންގެ ގޮތުގައި މުވައްޒަފުން ބޭނުންވެއެވެ.  

ބޭނުންވާ ދާއިރާ

ބޭނުންވާ އަދަދު

ކުއަންޓިޓީ ސަރވެއަރ

1

ޑިޒައިން އިންޖިނިއަރ

1

މި މަޤާމުގެ މަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

މަޤާމަށް އެދި ހުށައެޅުން:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެންބަރު 2021 ގެ މެންދުރު 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ނުވަތަ ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެޕްލިކޭޝަން ނުވަތަ ސިޓީ ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ:

ހިޔުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                            

އީ-މެއިލް[email protected]

21 ނޮވެންބަރު 2021
ހޯދާ