ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިން ޔުނިޓަށް އެދި ހުށަހަޅާ ފޯމަށް ބަދަލުއައުން

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ޅ.ނައިފަރުގައި އިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފޯމަށް 2021 ނޮވެމްބަރ 19 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 13 ވަނަ ކުއްލި ޖަލްސާއިން ބަދަލުގެނެސްފައިވާތީ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.އަދި ކުރިން (2021 ނޮވެމްބަރ 18 ވަނަ ދުވަހު) އާންމުކޮށް، ދޫކޮށްފައިވާ ފޯމު ބާތިލު ކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ. ބަދަލު ގެނެވުނު ފޯމު ނައިފަރުކައުންސިލްގެ އިދާރާގެ ވެބްސައިޓް (www.naifaru.gov.mv) އަދި ކައުންސިލްގެ އިދާރާއިން (ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 – 12:00 އަށް) ލިބެން ހުންނާނެއެވެ. އަދި ސަރުކާރުގެ ގެޒެޓް (www.gazette.gov.mv) ގައި އާންމުކުރެވިފައި ވާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ނޮވެންބަރު 2021
ހޯދާ