ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
100 ހައުންސިންގ ޔުނިޓް ދޫކުރުމުގެ އުސޫލު އަދި ފޯމު ފުރުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ޅ.ނައިފަރުގައި އިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގެ އުސޫލު އަދި ފޯމު ފުރިހަމަ ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް 2021 ނޮވެމްބަރ 21 ވަނަ ދުވަހުގެ ރޭ 8:15 ގައި މަދްރަސަތުލް އިފްތިތާހުގެ ޖަލާލުއްދީން މާލަމުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިވުމަށް ނައިފަރުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ނޮވެންބަރު 2021
ހޯދާ