ދިވެހިރާއްޖެ
ނަންބަރ: IUL-PROC-AS-2021-030
މި ކުންފުނީގެ ޢިމާރާތްތައް ފޮޅާ ސާފުކުރުމާއި ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް، ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނިން އިރުޝާދު ދޭ ގޮތަކަށެވެ.
18 ނޮވެމްބަރ 2021
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011418