ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ދޫކުރާ 100 ހައުސިންގ ޔުނިޓަށް ފުރުސަތު ހުޅުވައިލުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޅ. ނައިފަރުގައި އިމާރާތް ކުރެވިފައިވާ 100 ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. މި 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ޅ. ނައިފަރުގެ ރައްޔިތުންނަށް ޚާއްޞަ ކުރެވިގެންނެވެ. ހައުންސިންގ ޔުނިޓަށް އެދި ހުށަހަޅާނީ އެކަމަށް ޚާއްސަކޮށް ކައުންސިލުން އާންމުކޮށްފައިވާ ފޯމުންނެވެ. މި ފޯމު ކައުންސިލުގެ ވެބްސައިންޓުންނާއި   (www.naifaru.gov.mv)ނައިފަރު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.

ފޯމް ދޫކުރާނީ 18 ނޮވެމްބަރ 2021 ން 23 ޑިސެމްބަރ 2021 ގެ ނިޔަލަށެވެ.

ކައުންސިލް އިދާރާއިން ފޯމު ދޫކުރާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށެވެ.

ހައުސިންގ ޔުނިޓް ދޫކުރުމުގެ އުސޫލާގުޅޭ މަޢުލޫމާތު ދިނުމާއި ފޯމް ފުރުމާއި ގުޅޭގޮތުން ޚާއްސަ ބައްދަލުވުމެއް ކައުންސިލުން ބާއްވާނެ ވާހަކަ ދަންނަވަމެވެ. އަދި މި ބައްދަލުވުން އޮންނަ ތާރީޚް ފަހުގެ ތާރީޚެއްގައި އާންމު ކުރާނެ ވާހަކަ ދަންނަވަމެވެ.

ފޯމް ބަލައިގަންނާނީ 23 ނޮވެމްބަރ 2021 ން 23 ޑިސެމްބަރ 2021 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ 09:00 އިން 13:00އަށެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ނޮވެމްބަރ 2021

18 ނޮވެންބަރު 2021
ހޯދާ