ދިވެހިރާއްޖެ
އިޢުލާން
|
ސެކިޔުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއްހޯދުމަށް |
މިއިދާރާގެ ނަމްބަރު: (IUL)271-CA/271/2021/39 އިޢުލާނާގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބޮޑުކަމަށްފެންނާތީ، އެބީލަންތައް ބާތިލްކޮށް އަލުން މިކައުންސިލުންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 17 ނޮވެމްބަރ 2021 ދުވަހުގެ 12:00ން ފެށިގެން 23 ނޮވެމްބަރ 2021 ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
https://forms.gle/9ckVYWhyYfW5HjBa9
އިތުރު މަޢުލޫމާތު:
މިމަސައްކަތާއި ގުޅޭ އެންމެހައި މަޢުލޫމާތު ކަރުދާސް، ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ އިދާރާގެ ފޯނަށް 6540041 ގުޅުއްވައި، ނުވަތަ އީމެއިލް ކުރައްވާއި 24 ނޮވެމްބަރ 2021 ދުވަހުގެ 14:00ގެ ކުރިން މައުލޫމާތު ސާފްކުރެއްވުން އެދެމެއެވެ. އިދާރާގެ އީމެއިލް އެޑްރެސް [email protected] ކަމުގައި ދަންނަވަމެއެވެ. މިބީލަމާއިގުޅިގެން މަޢުލޫމާތު ދިނުމުގެ ވަކި ބައްދަލުވުމެއް ނޯންނާއެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 25 ނޮވެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
11 ރަބީޢުލްއާހިރު 1443
17 އޮކްޓޯބަރ 2021
