ދިވެހިރާއްޖެ
އިޢުލާން
ކައުންސިލްގެ ނަމުގައި ސައްހަ ނޫން ރެޖިސްޓްރޭޝަންތަކެއް ދޫކުރަމުންދާތީ އެކަމާ ގުޅޭ
މިކައުންސިލުން ދޫކުރާ ރެޖިސްޓްރޭޝަން ސެޓްފިކެޓް (ފޯޖް) ކޮށްގެން ބިދޭސީ އެޖެންޓަކު ރެޖިސްޓްރޭޝަން ދޫކޮށް ފައިސާ ނަގަމުން ދާކަމުގެ މައުލޫމާތު މިކައުންސިލަށް ވަނީ ލިބިފައެވެ. މިކަންކުރަމުން ދަނީ އިންޑިއާގެ ރެކްރޫޓްމަންޓް އެޖެންސީ އަކުންކަން މި ކައުންސިލުން ބެލިބެލުމުންވަނީ ފާހަގަކުރެވިފައިވެއެވެ.
ނަމަވެސް، ކައުންސިލްގެ ރެޖިސްޓްރޭޝަން އެދޭފަރާތަކަށް ދޫކުރާ ސެޓްފިކެޓްގެ އެއްވެސް މަސައްކަތެއްކުރުމަށް މިކައުންސިލުން އިންޑިއާގެ އެއްވެސް އެޖެންސީއަކާ، ޙަވާލުކޮށްފައެއްނުވާނެވެ. އެހެންކަމުން، މިކައުންސިލުގެ ނަމުގައި ދޫކޮށްފައިވާ ސެޓްފިކެޓަށް ބިދޭސީންނަށް ވަޒީފާ ހަމަޖެއްސުމުގެ ކުރިން، އެ ސެޓްފިކެޓްގެ ޞައްޙަކަން ކައުންސިލަށް ހުށަހަޅައިގެން ކަށަވަރުކުރުމަށް ބިދޭސީ ޞިއްޙީ ފަންނީ މަސައްކަތްތެރިންނަށް ވަޒީފާ ދެއްވާ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވާ އިޢުލާން ކުރަމެވެ.
11 ރަބީއުލްއާޚިރު 1443
