ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިން ރަޖިސްޓްރީ ކުރުމާގުޅޭ

އިޢުލާން

 

ދަނޑުވެރިކަން ކުރުމަށް ބިން ރަޖިސްޓްރީ ކުރުމާގުޅޭ

                 ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގ ކުރުމުގެ ފުރުޞަތު މިރަށުގެ ދަނޑުވެރިންނަށް ވަނީ ހުޅުވާލެވިފައެވެ.

                 މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ 17 ބާވަތެއް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ދަނޑުވެރިޔާއާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ތެރެއިން އެކުންފުނިން ގަންނަމުންދާނެއެވެ. އަދި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީތެރިކަންވެސް އެކުންފުނިން ފޯރުކޮށްދޭނެއެވެ.

                 މިގޮތުން އެގްރޯ ނޭޝަނަލްއާއި ގުޅިގެން ދަނޑުވެރިކަން ކުރުމަށްޓަކައި އިތުރު 5000 އަކަފޫޓްގެ 26 ބިމެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 26 ފަރާތަށްވުރެ އިތުރަށް އެދިލައްވާފައިވާނަމަ، ބިން ދޫކުރުމަށް ހަމަޖެހިފައިވީ ގުރުއަތު ނަގައިގެން ކަމުގައި ދަންނަވަމެވެ.

                ވީމާ ދަނޑުބިން ރަޖިސްޓްރީ ކުރުމަށް ބޭނުންވެލައްވާ އެންމެހާ ފަރާތްތަކުން ދަނޑުބިން ރަޖިސްޓްރީ ކުރުމަށްއެދޭ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކެލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމު ކެލާ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

16 ނޮވެންބަރު 2021
ހޯދާ