|
މަޤާމު
|
ސުޕަވައިޒަރ
|
|
ބޭނުންވާ ޢަދަދު
|
1 ( އެކެއް )
|
|
ވަޒީފާގެ ބާވަތް
|
ވަގުތީ ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހައުސިންގ އެންޑް އެކޮމޮޑޭޝަން / އެޗް.އާރ އެންޑް އެޑްމިނިސްޓްރޭޝަން / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
|
|
މުސާރަ:
|
8320.00 ރުފިޔާ
|
|
އިތުރު ޢިނާޔަތްތައް:
|
އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.
|
|
ޝަރުޠު:
|
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސްލިބިފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓު ލެވެލް ކޯހެއް ހާސިލްކޮށް
- ފައިވުން. ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
- ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ކޮންމެ ދުވަހެއްގެވެސް މަސައްކަތް ފެއްޓެންވާއިރަށް ހުރިހާ ކޮޓަރިތަކެއްގެ ރޫމްބޯއިން މަސައްކަތަށް ގަޑިޔަށް ހާޟިރުވޭތޯބަލާ ހާޟިރުނުވާ މީހުންގެ ރިޕޯރޓް ސްޕަވައިޒް ކުރުން.
- ރޫމުބޯއިންތައް ކޮޓަރިތަކަށް ދިއުމުގެ ކުރިން ބޭނުންވާ ހުރިހާ ސާމާނެއް (ސާފުކުރަން ބޭނުންކުރާ ކެމިކަލް އަދި ފިހިގަނޑު ބުރުސް ފަދަ ތަކެތި) ހަމައަށް ހުރިތޯ ބެލައި ސްޕަވައިޒްކުރުން.
- ކޮންމެ ދުވަހެއްގެވެސް ރޫމްބޯއިން ކޮޓަރިތަކަށް މަސައްކަތު ދިޔުމުގެ ކުރިން އެދުވަހެއްގެ މަސައްކަތްތައް ބެހިފައިވާގޮތް އެމީހުންނަށް ރަގަޅަށް އެންގުން.
- ލޯންޑްރީ 1 އަދި ލޯންޑްރީ 2 ގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒްކޮށް، އިރިުޝާދުގެ ދަށުން ރާވާ މުވައްޒަފުން ލައްވާ މިމަސައްކަތްތައް ކުރުވާ މަސައްކަތް ހިގާނުހިގާގޮތް ރަގަޅަށް މޮނިޓަރ ކުރުން.
- ލޯންޑްރީތަކުގައި ދޮންނަށް ބޭނުންކުރާ އޯމޯއާއި ކެމިކަލް ފަދަތަކެތީގެ ސްޓޮކް ހުސްވިޔަނުދީ ބެލެހެއްޓުން.
- ކޮންމެ ދުވަހެއްގައިވެސް ދޮވުމުގެ މަސައްކަތަށް ޚަރަދުވި އޯމޯއާއި ކެމިކަލް ފަދަތަކެތި ބޭނުންކުރެވުނުވަރު އިގޭނެހެން ރިޕޯރޓެއް ތައްޔާރުކޮށް ސްޕަވައިޒްކޮށް ފައިލް ކުރުން.
- ލޯންޑްރީތަކަށް ގެނެވޭ ދާހެދުމާއި، ޔުނިފޯރމް އަދި ބެޑްޝީޓާއި ބާލިސް އުރަފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ ނިންމާލުމަށް އިސްކަން ދިނުން.
- މެޝިންތަކަށް ދޮންނަށް އެއްޗެހި އަޅަމުންދަނީ ކަޑައެޅިފައިވާ މިންގަޑަށް ކެޕެސިޓީގައިތޯ ބެލުން.
- ދޮވެ އިސްތިރިކޮށް ނިމުމަށްފަހު ލޯންޑްރީތެރޭގައި އެއްޗެހި ބަހައްޓަމުންދަނީ ނަމްބަރު ޖަހާފައިވާ ކަބަޑްތަކުގައި ރަގަޅަށްތޯ ބެލުން.
- އެކޮމޮޑޭޝަން ބްލޮކްތަކުގެ ކީރަޖިސްޓަރ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މަސައްކަތުގެ މާހައުލުގައި އެއްވެސް ބާޥަތެއްގެ އެކްސިޑެންޓެއް ހިގާފިނަމަ ލަސްނުކޮށް ސެކްޝަން ހެޑަށް އެކަން ރިޕޯރޓް ކުރުން.
- ކޮންމެ ބާވަތެއްގެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް ތިމާއާއި އެހެނިހެން މީހުންގެ ސަލާމަތްތެރިކަމާއި ރައްކާތެރި ކަމަށް ވިސްނައިގެން މަސައްކަތް ކުރުން. އަދި މަސައްކަތުގައި ބޭނުންކުރެވޭ ތަކެއްޗަށް ފަރުވާތެރިވެ ރައްކާތެރިކަމާއެކު ގެންގުޅުން.
- ކުންފުނިން ރަވާހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް މެނޭޖުމެންޓުން އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުނެް.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
ހ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
ބ- ޕޮލިސްރިޕޯޓް.
|
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
- އީމެއިލް ކުރައްވާނީ [email protected]އަށެވެ.
- ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
| |