އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޗް.އާރް ކޮންސަލްޓެންޓް

މި ކުންފުނީގެ ނަންބަރ AS/IUL/2021/036 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

އިޢުލާން ނަންބަރު: AS/IUL/2021/038

މަޤާމް: އެޗް.އާރް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 01 (އެކެއް)

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނީގެ މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމް މުރާޖާކުރުން؛ އަދި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ޒަމާނީ ނިޒާމެއް ޤާއިމްކުރުން.
  • ގާއިމްކުރެވޭ ނިޒާމްގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ، މިނިޒާމަށް އަހުލުވެރިކުރަން ކުރަންޖެހޭ މަސައްކަތްތައް މެނޭޖްމަންޓުގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން.

 

މި މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

 

ކުރިމަތިލުމުގެ ސުންގަޑި:  2021 ނޮވެންބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،ތިރީގައިމިވާ ތަކެތި،އާސަންދަ ކުންފުނީގެ ހެޑް އޮފީސް،ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ،[email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ސީވީ.
  3. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ
  4. މަސައްކަތާގުޅޭ ތަޖުރިބާ ދައްކުވައިދޭ އެހެނިހެން މަސައްކަތްތަކުގެ ޕޯޓްފޯލިއޯ.
  5. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތް.

ތަޢުލީމާއި ތަމްރީން: %40

މަސައްކަތު ތަޖުރިބާ: %20

ފުރިހަމަކޮށްފައިވާ ގުޅުންހުރި ޕްރޮޖެކްޓްސް %40

 

ޚާއްޞަ ސަމާލުކަމަށް:

- ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވާނީ ހިއުމަން ރިސޯސަސް އާ ގުޅުންހުރި ތައުލީމީ ސެޓްފިކެޓްތަކަށާއި، ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން މަސައްކަތު ތަޖުރިބާ އަދި ކޮށްފައިހުރި މިބާވަތުގެ މަސައްކަތުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހުއެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

15 ނޮވެންބަރު 2021
ހޯދާ