| އެސިސްޓެންޓް ކައުންސިލް އޮފިސަރ | 
މަޤާމް: | 
| 2 (ދޭއް) | 
ބޭނުންވާ އަދަދު: | 
| ވަގުތީ (މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް)ޖީ.އެސް 3އޮފިސަރ ގްރޭޑް 1 | 
މަޤާމުގެ ގިންތި (މުއްދަތު):މަޤާމުގެ ރޭންކް:މަޤާމުގެ ކްލެސިފިކޭޝަން: | 
| 
 އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ 
 | 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
| 
 -/4465 ރުފިޔާ 
 | 
 މުސާރަ: 
 | 
| 
 -/1500 ރުފިޔާ 
 | 
 ސަރވިސް އެލެވަންސް: 
 | 
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
- ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު -/700 ރުފިޔާ.
 
  | 
 އެހެނިހެން އެލަވަންސް: 
 | 
- މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ލިޔެ އަޕްޑޭޓްކޮށް ބެލެއްޓުން.
 
- އިދާރާއަށް ބޭނުންވާ މަގާމުތައް އުފެއްދުމާއި، އެ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިދާރީ އެންމެހައި ކަންކަންކުރުން.
 
- އިދާރާގެ މަގާމުތަކުގެ ރަޖިސްޓްރީ އާއި މުވައްޒަފުންގެ ރަޖިސްޓްރީ ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމު ފުރުމާ ގުޅޭގޮތުން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން މަސައްކަތު ފެންވަރު ބެލުމުގައި ޢަމަލުކުރާ އުޞޫލާ އެއްގޮތަށް ކުރުން.
 
- މުވައްޒަފުންގެ ޗުއްޓީ އާއި ސަލާމާ ގުޅޭ އެންމެހައި ކަންކަމާއި ޗުއްޓީ އާއި ސަލާމުގެ ރެކޯޑުތައް ލިޔެ ބެލެހެއްޓުމާއި ރިޕޯޓް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
 
- އިދާރާ ހުޅުވާ ބަންދުކުރުމާ ގުޅޭ ކަންކަން ކުރުމާއި، އިދާރާގެ "އޭ" ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމް ބެލެހެއްޓުން
 
- ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ބެލުމާއި، ހުކުރު،ޢީދު،ކޭތަ،ކަށު ނަމާދަށް ދެންނެވުމާ ގުޅޭ އެންމެހައި ކަންކަން ކުރުން
 
- އިދާރާ އަށް ލިބޭ އެންމެހައި ތަކެތި ބަލައިގަނެ، އެންޓްރީކޮށް ސެކްޝަންތަކާ ޙަވާލުކުރުމާއި ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާ މުޢާމަލާތު ކުރުން
 
- ޢުމުރުން ދުވަސްވީ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ލިބިގަތުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމާއި ފޮނުވުމާ ގުޅޭ ކަންކަން ކުރުން.
 
- ޒިންމާދާރުވެރިޔާ އަންގާގޮތެއްގެ މަތިން ތިޖޫރިއަށް ފައިސާ ޖަމާކުރުމާއި ތިޖޫރިން ފައިސާ ނެގުން.
 
- ކައުންސިލަށް ބަލައިގަތުމަށް ކަނޑައަޅާފައިވާ ފީ ތަކާއި ޚިދުމަތްތަކުގެ އަގަށް ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާއާއި އެހެނިހެން ފައިސާ ބަލައިގަތުން އަދި ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ޖަމާކުރުމާބެހޭ މަސައްކަތްކުރުން.
 
- ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތައް ހަދައި އެފަރާތްތަކަށް ފޮނުވުމާއި އެބިލްތަކަށް ފައިސާ ޖަމާވޭތޯ ބެލުން.
 
- އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
 
  | 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
| 
 ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔާރ ސެކަންޑަރީ ސްކޫލް' ސެޓްފިކޭޓް އިމްތިހާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 
 | 
 މަޤާމުގެ ޝަރުޠުތައް: 
 | 
- ފުރިހަމަ ކޮށްފައިވާ އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
 
 
  
 | 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު.
 
- ލިބިފައިވާ މަސައްކަތު ތަޖުރިބާ.
 
- ލިބިފައިވާ ހުނަރު.
 
 
  
  
 | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
| 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ނޮވެންބަރ 2021 ގެ 14:00 ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  
 | 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
| 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ނޮވެންބަރ 2021 އާއި 27 ނޮވެންބަރ 2021 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ ގައެވެ. 
  
 | 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
| 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.   
 | 
 ޝޯޓް ލިސްޓްކުރުން: 
  
 | 
| 
                               މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660059 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 
 |