މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޔޫ.އެން.ޑަބްލިއު.ޓީ.އޯ އާއި ޖައިކާ އިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ

ޔޫ.އެން.ޑަބްލިއު.ޓީ.އޯ އާއި ޖައިކާ އިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޑާޓާ ކަލެކްޝަން ސާރވޭ އޮން ރިކަވަރީ އޮފް ޓޫރިޒަމް އެފެކްޓެޑް ބައި ކޮވިޑް—19" ޕްރޮޖެކްޓަށް ނޭޝަނަލް ޓޫރިޒަމް އެކްސްޕާޓެއް ހޯދުމާއި ގުޅޭ

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އަށް ދީފައިވާ ޑޮނޭޝަން ގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޓެކްނިކަލް އެސިސްޓަންސް ޓު ޕްރޮމޯޓް ރިކަވަރީ އޮފް ދަ ޓޫރިޒަމް އެކްޓިވިޓީ އިން ދަ އާފްޓަރމެތު އޮފް ދަ ލޮކްޑައުން، ރީގެއިނިންގ ކޮންސިއުމަރ ކޮންފިޑެންސް އެންޑް ބިލްޑިންގް ރެސިލިއަންސް އިން ދަ ޓޫރިޒަމް ސެކްޓަރ އިން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ޕްރޮޖެކްޓާއި ގުޅޭގޮތުން ދަންނަވަމެވެ.

ހަވާލާދީފާއިވާ ޕްރޮޖެކްޓަށް "ނޭޝަނަލް ޓޫރިޒަމް އެކްސްޕާޓް" އެއް ހޯދުމަށްޓަކައި އިއުލާން ކުރެވިފައިވާކަމަށް ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިންވަނީ މިމިނިސްޓްރީއަށް އަންގާފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މިލިންކް (https://reformatics.ae/publications/28)  މެދުވެރިކޮށް ސުންގަޑީގެ ކުރިން، އެ ލިންކްގައި ބަޔާންކުރައްވާފައިވާގޮތަށް ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިމިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

10 ނޮވެންބަރު 2021
ހޯދާ