ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލްމާރުކޭޓް އަޅާ ބިމުގައި ހުރި ރުއްގަހާގުޅޭ

އިޢުލާން

ލޯކަލްމާރުކޭޓް އަޅާ ބިމުގައި ހުރި ރުއްގަހާގުޅޭ

 

                 މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ލޯކަލް  މާރުކޭޓްއެޅުމަށް  ދޫކޮއްފައިވާ  ބިމުގައި ހުރި ރުއްގަހުގެ  ވެރީން 09 ނޮވެންބަރު 2021 ވާ އަންގާރަ

ދުވަހުން ފެށިގެން 07 ( ހަތެއް ) ދުވަސް 18 ނޮވެންބަރު  2021 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން  ކައުންސިލުންދޫކުރާ  ރުއްގަހުގެ  ވެރިފަރާތް އަންގާ ފޯމް

ފުރުމަށްފަހު މި ކައުންސިލަށް  ހުށައެޅުމަށް  ދަންނަވަމެވެ. އަދި މި ބިންއޮއްނާނީ ބަނދަރަށް  ދިއުމަށްޓަކައި  ހަދާފައިވާ  ޔަންގުފޯމްމަގާއި  ބޮޑުތަކުރުފާނު  މަގާ ގުޅިފައިވާ

ކަންމަތީގައެވެ. އަދި ފާހަކަ ކުރުމަށް ދަނޑިބުރިތަކެއްޖަހާ އެ ދަނޑިބުރިތަކުގައި ފެހިކުލާގެ ދަވާދު އުނގުޅާފައިވާނެއެވެ.

                ވީމާ ދެންނެވިފައިވާ ތާރީހުގެކުރިން ރުއްގަހުގެ ވެރިފަރާތް ހުށައަޅާފައިނުވާނަމަ އެތަކެއްޗަކީ ވެރިފަރާތްނެއް ތަކެތި ކަމަށްބަލާ އެ ބިމުގައިހުރި ރުއްގަސް

ނައްތާލެވޭނެވާހަކަ ދަންނަވަމެވެ. އަދި ޤާނޫން ނަންބަރު 98/21 ގޯތިން  ބޭރުގައި ރުއްގަސް  އިންދުމާބެހޭ ޤާނޫނުން  ދެންނެވުނު   ރުއްގަހުގެ ވެރިފަރާތް  މި ކައުންސިލްގެ

ރުއްގަހުގެ ދަފުތަރުގައި ރަޖިސްޓުރީކޮއްފައިނުވާ އެއްވެސް ރުއްގަހަކަށް ބަދަލުދެވެންނެތް ވާހަކަ ދަންނަވަމެވެ.އެހެންނަމަވެސް އެރުއްގަސް އިންދާފައިވާ ފަރާތްތަކުންދެންނެވިފައިވާ

 ތާރީހުންފެށިގެން 15 ( ފަނަރަ ) ދުވަސް ތެރޭ 23 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން  އެ ރުއްގަސްނަގައިގެން ގެންދެވުމާމެދު މި ކައުންސިލްގެ

އިޢުތިރާޒެއްނެއްކަމުގައި ދަންނަވަމެވެ.

                             04 ރަބީޢުލްއާހިރު 1443

                             09  ނޮވެންބަރު  2021

09 ނޮވެންބަރު 2021
ހޯދާ