ސިވިލް ކޯޓު
ދިވެހިރާއްޖެ
ނީލަން ކިޔުން

 

އިޢުލާން

މ. އެރޯވިލާ (ރަޖިސްޓްރީ ނަންބަރު 17238( އެވެކިޔާ ގޯތިން މ. އެރޯވިލާ / މާލެ، އާމިނަތު ނަޝީދާ އަށް ލިބިފައިވާ ބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދައު ނީލަން ކިޔުން

ސިވިލްކޯޓުގެ ނަންބަރު 1943/Cv-C/2015 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލްކޯޓުގައި ބަލަމުންދާ ސިވިލްކޯޓުގެ ނަންބަރު 1991/Cv-C/2019 ޤަޟިއްޔާއާއި ގުޅިގެން، މ. އެރޯވިލާ / މާލެ، އާމިނަތު ނަޝީދާ (އައިޑީކާޑު ނަންބަރު (A067663 އަށް މ. އެރޯވިލާ (ރަޖިސްޓްރީ ނަންބަރު 17238( އިން ލިބިފައިވާ ބަންޑާރަ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.  

ވިއްކާލެވޭ ބިމުގެ ނަން: މ. އެރޯވިލާ (ރަޖިސްޓްރީ ނަންބަރު 17238( ގޯތިން މ. އެރޯވިލާ / މާލެ، އާމިނަތު ނަޝީދާ އަށް ލިބިފައިވާ ބައި.

ވިއްކާލެވޭ ބިމުގެ ބޮޑުމިން: 556.6  އަކަފޫޓް

ނީލަމުގައި ވިއްކާލެވޭ މުދަލުގެ ތަފްޞީލު: މ. އެރޯވިލާ (ރަޖިސްޓްރީ ނަންބަރު 17238( އިން މ. އެރޯވިލާ / މާލެ، އާމިނަތު ނަޝީދާ އަށް ލިބިފައިވާ ބިމާއި ބިމުގައި ހިމެނޭ ޢިމާރާތް.

މިބިމުގައިވާ ޢިމާރާތްވަނީ ތިން ބުރިއަށް ފައުންޑޭޝަން އަޅާ، ތަނބުޖަހާ، ތިން ޝީޓުއަޅާ، ސިޑީއަޅާ، މަތީބައިތަކުގަ ޑެގުއަޅާ، ޑެގުމަތީ ތަޅުންއާޅާ ހިޔާކޮށް ރާނާ ސިމެންތިޖަހާ، ބައެއްބައިތަކުގެ އެތެރެބިތްތައް ލަކުޑި ޕާޓިޝަންޖަހާ، އެތެރޭގެ ބައެއްބައިތަކުގައި މުށިޖަހާ، ތަޅުންއަޅާ މުށިޖަހާ، ދޮރާއި ދޮރުފަތް ހަރުކޮށް، ފެންވައިރުކޮށް ކަރަންޓުވައިރުކޮށް، ދިއްލުންތަކާއި ފަންކާ ހަރުކޮށް، ކުލައާއި ދަވާދުލާފައެވެ.

 

 

ގްރައުންޑް ފުލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރިއާއި 02 ފާހާނާ އަދި ސިޓިންރޫމާއެކުވާ ކައްކާ ބައެއްގެ މައްޗަށެވެ. މިބައިގައި ތަޅުމުގަވަނީ އެއްކޮށް މުށިޖަހާ ސީލިންގުގަ ކޯނިސްއަޅައިފައިއެވެ. ބަދިގެ ބައިގައިވަނީ ފައިބަރ ޓޮޕްއަޅާ ކަބަޑު ސެޓުހަރުކޮށް ހުޑްހަރުކޮށް، ސިންކު ބަހައްޓާ، 01 ޕޮއިންޓް ފެންވައިރިން ކޮށްފައިއެވެ. ބަދިގެ ކަބަޑުގެ ބޮޑުމިނަކީ 8’.10’’x2’.8’’x2’ އެވެ. 01 ފާހާނަވަނީ ތަޅުމުގައިއާއި ފާރުގައި އެއްކޮށް މުށިޖަހާ ސެޓު ބަހައްޓާ، 06 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’.5’’x5’.6’’ ފޫޓެވެ. 01 ފާހާނަވަނީ ތަޅުމުގައާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ 06 ޕޮއިންޓް ފެންވައިރުކޮށްފައިއެވެ.

ފަސްޓް ފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރިއާއި 02 ފާހާނައާއި ސިޓިންރޫމްއާއެކުވާ ކައްކާ ބައެއްގެ މައްޗަށެވެ. މިބައިގެ ސީލިންގުގަވަނީ ކޯނިސްއަޅާ އަދި ފަންކާގައި ކޯނިސްބުރު ހަރުކޮށްފައިއެވެ. ކައްކާ ބައިގަވަނީ، ކަބަޑު ހަރުކޮށް، ސިންކުބަހައްޓާ 01 ޕޮއިންޓު ފެންވައިރުކޮށްފައެވެ. 02 ފާހާނާގައި ވަނީ ތަޅުމުގައި ފާރުގައި އެއްކޮށް މުށިޖަހާ، ފާހާނާ ސެޓުބަހައްޓާ 06 ޕޮއިންޓު ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 2x4’.9’’x4’.5’’ ފޫޓެވެ.

ސެކަންޑް ފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރިއާއި 02 ފާހާނާއާއި ސިޓިންގ ރޫމްއާއިއެކުވާ ކައްކާ ބައެއްގެ މައްޗަށެވެ. ކައްކާބައިގަވަނީ، ކަބަޑު ހަރުކޮށް، ސިންކުބަހައްޓާ 01 ޕޮއިންޓު ފެންވައިރުކޮށްފައިއެވެ. 02 ފާހާނާވަނީ ތަޅުމުގައި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ 06 ޕޮއިންޓު ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 2x4’.9’’x4’.5’’ ފޫޓެވެ.

ތާރޑް ފްލޯ

މިބައި އެކުލެވިގެންވަނީ 02 ކޮޓަރިއާއި 02 ފާހާނައާއި އަދި ސިޓިންރޫމާއެކުވާ ކައްކާ ބައެއްގެ މައްޗަށެވެ. މިބައިގައިވަނީ، އެޕާރޓްމަންޓުގެ ތަޅުމުގައާއި އެތެރޭގެ ހުރިހާ ފާރެއްގައި އެއްކޮށް މުށިޖަހާފައެވެ. ކައްކާބައިގަވަނީ ގްރެނައިޓް ޓޮޕްއަޅާ ކަބަޑު ސެޓް ހަރުކޮށް ހުޑްހަރުކޮށް، ސިންކުބަހައްޓާ 01 ޕޮއިންޓް ފެންވައިރިން ކޮށްފައިއެވެ. ބަދިގެ ކަބަޑުބައިގެ ބޮޑުމިނަކީ 11’.1’’x1’.10’’x2’.7’’ ފޫޓެވެ. 01 ފާހާނާވަނީ ތަޅުމުގައާއި ފާރުގައި އެއްކޮށް މުށިޖަހާ، ސެޓުބަހައްޓާ 06 ޕޮއިންޓު ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’.10’’x5’.58’’ ފޫޓެވެ. 01 ފާހާނާވަނީ ތަޅުމުގައާއި ފާރުގައި އެއްކޮށްމުށިޖަހާ، ސެޓުބަހައްޓާ 06 ޕޮއިންޓު ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 4’.10’’x5’.58’’ ފޫޓެވެ.

ފޯރތް ފްލޯ

މިބައި އެކުލެވިގެންވަނީ 01 ކޮޓަރިއާއި، ބަދިގެއަކާއި، ގުދަނަކާއި، ފާހާނާއަކަށް ތައްޔާރުކޮށްފައިވާ ތަނެއްގެ މައްޗަށެވެ. ކޮޓަރީގައިވަނީ ތަޅުމުގަ ޕާކޭ ޖަހާ، ހުރިހާ ފާރެއްގައި މުށިޖަހާ ސީލިންކޮށް ކޯނިސް އަޅާފައިއެވެ. ފާހާނާވަނީ ތަޅުމުގައާއި ފާރުގައ އެއްކޮށްމުށިޖަހާ، ސެޓުބަހައްޓާ 06 ޕޮއިންޓު ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 3’.11’’x5’.11’’ ފޫޓެވެ. ބަދިގެ ތަޅުމުގައި ވަނީ ޕާކޭޖަހާ، 02 ބިތުގެ ފާރުގައި އެއްކޮށްމުށިޖަހާ، ބަދިގެ ކަބަޑު ހަރުކޮށް 02 ސިންކު ބަހައްޓާ 02 ޕޮއިންޓު ފެންވައިރުކޮށްފައިއެވެ. ބޮޑުމިނަކީ 19’.7’’x1’.11’’x2’.9’’ ފޫޓެވެ. ގުދަނުގައިވަނީ ތަޅުމުގައާއި ބިތްތަކުގައި ސިމެންތިޖަހާ ތަޅުންއަޅާ ފާހާނާއަކަށް ވާގޮތަށް ތަނެއްހަދާ ސިމެންތިޖަހާފައިއެވެ. ފާހާނާ އަކަށްވާގޮތަށް ހަދާފައިވާ ބައިގެ ބޮޑުމިނަކީ 5’.3’’x4’ ފޫޓެވެ.

ފިފްތް ފްލޯ

މިބައިގަވަނީ 4 ފޫޓަށް ވަށާ ފާރުރާނާ، (ބައުނޑްރީ ވޯލް) ފާރުމަތީ، ފިލައިއިން ބިތްބައްދާ، އާދައިގެ ގޮތަކަށް ހިޔާކޮށް، ބައެއްބިތްތައް ރާނާ ސިމެންތިޖަހާފައެވެ. މިބައި އެކުލެވިގެންވަނީ ވޯކްޝޮޕަކަށް ހަދާފައިވާ ބަޔަކާއި 01 ފާހާނާގެ މައްޗަށެވެ. ފާހާނާވަނީ ރާނާ ސިމެންތިޖަހާ، އުސްތަށި ބަހައްޓާ 02 ޕޮއިންޓް ފެންވައިރިން ކޮށްފައިއެވެ. ބޮޑުމިނަކީ 6’.6’’x4’.7’’ ފޫޓެވެ.

ނީލަމުގެ ތަފްޞީލު:

ނީލަން ފަށާ އަގު:2,883,219/50 ރ. (ދެމިލިއަން އަށްލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ނަވާރަ ރުފިޔާ ފަންސާސްލާރި)

ސިޓީލުމުގެ ސުންގަނޑި: 14 ނޮވެމްބަރ 2021 އިން ފެށިގެން 18 ނޮވެމްބަރ 2021 ގެ 13:30 އާއި ހަމައަށް

ވިއްކާލެވޭ ތަން ހުރި އެޑްރެސް: މ. އެރޯވިލާ،  މާވެޔޮމަގު މާފަންނު   ތަރުތީބު ނަންބަރު: 19509

 

18 ނޮވެމްބަރ 2021 ގެ 13:30 އާއިހަމަޔަށް ހުށަހަޅާ އަގުތައް ސިވިލް ކޯޓުގެ ވެބްސައިޓް (http://www.civilcourt.gov.mv) ގައި އިޢުލާންކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ 18 ނޮވެމްބަރ 2021 ގެ 13:30 އާހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގަކަށެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ސިވިލް ކޯޓުން އެކަން އަންގާނެއެވެ. އެފަރާތަށް ނީލަން ނިމުނުކަން އަންގާ ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ފައިސާ ސިވިލް ކޯޓަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލްކުރުމަށް ނުވަތަ ދެވަނައަށް އެންމެމަތީ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލުމާމެދު، ނުވަތަ ނީލަން އަލުން ފެށުމާއި މެދުގައި ގޮތެއް ކަނޑައަޅާނީ ސިވިލް ކޯޓުންނެވެ.

ނީލަން ނިންމުނުކަމަށް ސިވިލް ކޯޓުން ކަނޑައަޅާ ވަކިފަރާތަކަށް ނުއަންގާ ހިނދެއްގައި، ނީލަން ބާތިލް ކުރުމުގެ އިޚްތިޔާރު ސިވިލް ކޯޓަށް ލިބިގެން ވެއެވެ.

 

 

އަގު ހުށަހެޅުން:

ހުށަހަޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއިއެކު ސިޓީ އުރައެއްގައި ބަންދުކޮށް ހެނދުނު 10:00 އާއި މެންދުރުފަހުގެ 30:13 އާއި ދެމެދު ޖަސްޓިސް ބިލްޑިންގ ސެކަންޑް ފްލޯރ ގައި ހުންނަ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "މ. އެރޯވިލާ ކިޔާ ގޯތިން އާމިނަތު ނަޝީދާ އަށް ލިބިފައިވާ ބައިގެ ބިމާއި ޢިމާރާތާއި ނުއުފުލޭ މުދާ ގަތުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ނީލަމަށް ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ލިޔުންތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.

  • އަމިއްލަ ފަރުދެއްނަމަ: ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ބަޔާންކުރައްވާފައިވާ ސިޓީއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ).
  • ކުންފުންޏެއްނަމަ: - މި އިޢުލާނާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.

-  ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

-  މިއިޢުލާނާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

-  ކުންފުނީގެ އަސާސީ ޤަވާޢިދު އަދި ހިންގާ ޤަވާޢިދުގެ ކޮޕީ

މީގެ އިތުރުން ނީލަމަށް ހުށަހަޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 01 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅާ ތާރީޚްގެ 07 (ހަތެއް) ދުވަސްކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓްވާންވާނީ ސީދާ އެފަރާތެއްގެ ނަމުގައި ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. ނަމަވެސް އަގުމަތިކުރުމުގެ ގޮތުން ދެވަނަ ފަހަރަށް އަގުހުށަޅާނަމަ ސީދާ އެފަރާތެއްގެ ނަމުގައި ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމުގެ ކޮޕީއެއް ހުށަހެޅިދާނެއެވެ. މިނީލަމާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެވިފައިނުވާނަމަ، ނީލަން ބާޠިލްކުރުމުގެ ޙައްޤު ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.

ވީމާ، މިނީލަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ 18 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ޖަސްޓިސް ބިލްޑިންގ ގެ ސެކަންޑް ފްލޯރ ގައި ހުންނަ ކައުންޓަރަށް އަގު ހުށަހަޅާ ސިޓީ ފޮނުވުން އެދެމެވެ. އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 7370344 / 3002740 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  • މ. އެރޯވިލާ (ރަޖިސްޓްރީ ނަންބަރު 17238( ގޯތިން މ. އެރޯވިލާ / މާލެ، އާމިނަތު ނަޝީދާ އަށް ލިބިފައިވާ ބައި ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް އަލުން އިޢުލާންކުރެވިފައިވަނީ 30 ސެޕްޓެމްބަރ 2021 ގައި މިކޯޓުން ކޮށްފައިވާ ނަންބަރު:144/B5-CR-3/2021/1115 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީއެވެ.

02 ނޮވެމްބަރ 2021

 

 

 

 

02 ނޮވެންބަރު 2021
ހޯދާ