ދިވެހިރާއްޖެ
އިޢުލާން
މިޑިޕާޓްމަންޓްގެ ބޭނުމަށް މެކްބުކް ޕްރޯ 06 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓްގެ ނަންބަރު 198-F/2021/186 (27 ސެޕްޓެމަބަރ 2021) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަށް މިޑިޕާޓްމަންޓްއިން ފޯރުކޮއްދީފައިވާ ސްޕެސިފިކޭޝަންއާއި ދިމާނުވާތީ، އެ އިޢުލާން ބާޠިލްކޮށް ތަކެތީގެ އައު ސެޕްސިފިކޭޝަންއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބެންހުންނާނެއެވެ.
މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 07 ނޮވެމްބަރ 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީހިސާބު 09 ނޮވެމްބަރ 2021 ވަނަދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ރަބީޢުލްއައްވަލް 1443
28 އޮކްޓޯބަރ 2021