ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސޯޝަލް ވޯކަރ

                                                                     HMH/IUL/2021/113                                              

                                                                       27 އޮކްޓޯބަރ 2021

މަޤާމް:  ސޯޝަލް ވޯކަރ

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

ޑިޕާޓްމަންޓް: ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ  

 

ތަޢުލީމާ ތަޖުރިބާ:

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މުސާރައާއި އިނާޔަތް :

މުސާރަ:                    7035.00 ރުފިޔާ

ސަރވިސް އެލަވަންސް:            2500.00 ރުފިޔާ

ރިސްކް އެލަވަންސް:              100.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

ޓެކްނިކަލް ކޯ އެލަވަންސް:           މަހަކު މުސާރައިގެ %28 (1969.80 ރުފިޔާ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

    1. ފަރުވާ ހޯދުމަށް އަންނަ ކުދިންނާއި އެކުދިންގެ އާއިލާ ތަކުގެ ސައިކޯ ސޯޝަލް އެސެސްމެންޓް ހަދާ، ހަވާލުކުރެވޭ ކޭސްތައް ރަނގަޅަށް ދިރާސާކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
    2. ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކާއި އެކު ގާތް ގުޅުމެއް ބާއްވާ ކޮންމެދުވަހަކު އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
    3. ޕްރޮގުރާމްތަކުގައި ބައިވެރިވާ ފަރާތްތަކަށް ކައުންސިލިންގ ސެޝަންތައް ކުރިޔައް ގެންދިޔުން
    4. ޕްރޮގުރާމްގައި ބައިވެރިވާ ފަރާތްތަކުގެ ޙާލަތު މޮނީޓަރކުރުމާއި ޕްރޮގުރަސް ރިޕޯރޓު ހެދުން
    5. ޕްރޮގުރާމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމަންޓުތަކާއި ސޯޝަލް އިންކުއަރީ ރިޕޯރޓުތައް ހެދުން
    6. ޕްރޮގުރާމްގައި ބައިވެރިވާ ފަރާތްތަކުގެ ފައިލްތައް ބެލެހެއްޓުން
    7. ހަވާލު ކުރެވޭ ކޭސްތަކުގެ ކޭސް ޓްރެކް އަދި ސްޓެޓިސްޓިކް އަޕްޑޭޓްކޮށް ބެލެހެއްޓުން
    8. ބަލިމީހުންގެ ސިއްރުތައް ރައްކާތެރިކޮށްދިނުމާއި ސިއްރުތައް ހިފެހެއްޓުން.
    9. މެދުކެނޑުމެއްނެތި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހިއްސާކޮށް ފަރުވާ ދިނުމުގެ ޕްރޮގްރާމް ރާވާ ދެވުނު ފަރުވާގެ ނަތީޖާ ބަލާ ރަނގަޅު ބަދަލްތައް ގެނައުމަށް މަސައްކަތް ކުރުން.

ކުރިމަތިލުމުގެ ސުންގަޑި: 02 ނޮވެމްބަރ 2021 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ހުޅުމާލެ ހޮސްޕިޓަލިގެ ކޮވެލި ބިލްޑިންގުގެ 4 ވަނަ ފަންގިފިލާ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއިއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

    • ވަޒީފާއަށް އެދޭ ފޯމު
    • ސީވީ
    • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
    • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
    • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
    • ޕޮލިސް ރިޕޯޓް
    • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
    • މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސެންސްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134، ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

27 އޮކްޓޫބަރު 2021
ހޯދާ