ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.އަތޮޅަށް ހުޅުވައިގެން ވޮލީ މުބާރާތެއް ބޭއްވުން

                                                                   ނަންބަރ : 242/242/2021/23(IUL)

    

އިޢުލާން

 

ގދ. އަތޮޅަށް ހުޅުވައިލައިގެން ބާއްވާ  ވޮލީ މުބާރާތް 2021

ގދ. އަތޮޅަށް ހުޅުވައިލައިގެން ރަށުކައުންސިލްތަކަށާއި ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖުތިމާޢީރޫޙް އާލާކޮށް ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ފޯރިއާއި ޖޯޝާއިއެކު ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކުރުމަށްޓަކައި އަތޮޅު ކައުންސިލްގެ "ގދ.އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް 2021 " މިނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް  ގެންދިއުމަށް ހުޅުވާލެވިފައިވަނީ އަތޮޅުގައި ރަޖިސްޓްރީ ކުރެވިފައިވާ ކްލަބް ޖަމްއިއްޔާ ތަކާއި ރަށުކައުންސިލް ތަކަށެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކާއި ހަވާލު ކުރެވި  މުބާރާތް ބާއްވާ ރަށެއްގެ ރަށުކައުންސިލާއި އަތޮޅު ކައުންސިލާއި ގުޅިގެންނެވެ. މި މުބާރާތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކްލަބް ޖަމްޢިއްޔާ ތަކުގެ ތެރެއިން ގދ. އަތޮޅުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި ރަށުކައުންސިލްތަކަށެވެ. މި މުބާރާތް ހިންގުމަށް ބޭނުންވާ ފަރާތްތަކުން ބިޑިންގައި ރަޖިސްޓްރީވުމަށް 27 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 08 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ އާއި ހަމަޔަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ބިޑިންގައި ބައިވެރި ވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް މިދެންނެވި މުއްދަތުގައި ބިޑިންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ލިޔުމަކުން މިއިދާރާގެ މެއިލް އެޑްރެސް [email protected]) ( އަށް މެއިލް ކޮށްދެއްވުންއެދެމެވެ. އަދި މެއިލްއަށް ފޮނުވޭ ލިޔުންތަކުގެ (ރިކުއެސްޓް ތަކުގެ) ޖަވާބު 08 ނޮވެމްބަރ  2021 ވާ ހޯމަ ދުވަހުގެ 2:00 ގެ ކުރިން ބިޑަށް ރަޖިސްޓްރީކުރުމަށް އެދުނު ހުރިހާ ފަރާތްތަކުގެ މެއިލަށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ. މި މުބާރާތާއި ގުޅިގެން މުބާރާތް އިންތިޒާމް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް މެއިލް ފޮނުވާފައިވާ ފަރާތްތަކުން އިތުރުމަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ 09 ނޮވެމްބަރ  2021 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މިއިދާރާގެ މެއިލް އެޑްރެހަށް މެއިލްކޮށް ދެއްވުން އެދެމެވެ.  އަދި މެއިލްތަކުގެ ޖަވާބު 11 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އެފަރާތްތަކަށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.  

ބިޑް ބަލައިގަތުމާއި ޕްރޮޕޯސަލް ހުޅުވާލުން އޮންނާނީ 15 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ގދ. އަތޮޅު ކައުންސިލް އިދަރާގެ މީޓިންގ ރޫމްގައެވެ. އަދި އޮންލައިންކޮށް ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައިއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި ބިޑިންއަށް ދެވިފައިވާ ނަމާއި ތާރީޚާއި ވަގުތު އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެވެ.

26 އޮކްޓޫބަރު 2021
ހޯދާ