ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އެމްއެންޔޫ ބިޒްނަސް ސްކޫލް ގޯތިތެރޭގައި ކެންޓީން ހިންގާދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ

އިޢުލާން

 

 

 

                                                                                                                       ނަންބަރު:MNU-CA-FM/2021/40

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އެމްއެންޔޫ ބިޒްނަސް ސްކޫލް ގޯތިތެރޭގައި ކެންޓީން ހިންގާދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.


 

                 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އެމްއެންޔޫ ބިޒްނަސް ސްކޫލް ގޯތިތެރޭގައި ކެންޓީން ހިންގާދެއްވާނެ ފަރާތެއް ހޯދުމަށް  ކުރެވުނު ޢިއުލާން ނަންބަރ : MNU-CA-FM/2021/16  ( 06 މެއި  2021  )  އިން ދެވުނު  މަޢުލޫމާތު ކަރުދާހަށް ބަދަލުގެނެވިފައިވާތީ މި އިއުލާން ބާތިލްކޮށް  އަލުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް  ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

                                މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  01 ނޮވެންބަރ   2021 ވާ  ދުވަހުގެ ހެނދުނު 11:00   ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ  މަރުކަޒީ އިދާރާގައި  ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

ބީލަން ބަލައިގަތުން

                           ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  14 ނޮވެމްބަރ 2021  ވާ  ދުވަހު 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ  ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

   މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • 3345192 ،3345134،7741075

  އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
           ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

26 އޮކްޓޯބަރ 2021                 

26 އޮކްޓޫބަރު 2021
ހޯދާ