ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާން ސާފުކޮށް ބެލެހެއްޓުން

ގަބުރުސްތާން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

ގއ ކަނޑުހުޅުދޫ ގަބުރުސްތާން ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ބޭނުންވެއްޖެ.

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޫބަރ 2021 ވާ އާދީއްތަ ދުވަހު 13:30ށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހު 13:30 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މާކުސް ދޭނެ ގޮތް:

އަގަށް: %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

ތަޖްރިބާ: %30

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

-          ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަން ކޮޕީ.

-          އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-          އަމިއްލަ ފަރުދެއް އަގު ހުށަހަޅާއިގެން މި ބިޑް ކާމިޔާބު ކޮށްފިނަމަ އެގްރިމަންޓްގައި ސޮއި ކުރެވޭނީ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަން ކޮޕީ މިކައުންސިލަށް ހުށަހެޅުމުންނެއެވެ.

-          އެހެން އިދާރާއެއްގައި ނުވަތަ ތަނެއްގައި މިފަދަ މަސައްކަތްތަކެއް ކޮށްފައިވާނަމަ ތަޖްރިބާގެ ލިޔުން ހުށަހެޅުން ތަޖްރިބާގެ ލިޔުން ހުށަނާޅާ ފަރާތްތަކަށް ތަޖްރިބާގެ ބަޔަށް މާކުސް ނުދެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 10 ނޮވެމްބަރ 2021 ވަނަ ދުވަހު 13:30 އަށް މި އިދާރާއަށް ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަމްބަރާއި އަދި "ގއ ކަނޑުހުޅުދޫ ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައި މިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

 

ގއ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ކަނޑުހުޅުދޫ، ދިވެހިރާއްޖެ

 

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

25 އޮކްޓޫބަރު 2021
ހޯދާ