މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އައި.ޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިނިސްޓްރީއަށް ބޭނުންވާ އައި.ޓީ ހާޑްވެއަރތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ޝީޓް ގެޒެޓްއިންނާއި، މިމިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިމަސައްކަތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް މިވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ މިކަމަށް އަގު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މިމަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ 01 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރަހަށް ފޮނުއްވުންއެދެމެވެ. މިކަމަށް އަގު ހުށަހަޅުއްވާނީ 04 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 12:30 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.

މިކަމަށް މީގެ ކުރިން ކުރި ނަންބަރ(IUL)28-FA-1/1/2021/194  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މިކަމަށް އަލުން އިޢުލާންކުރީމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ޝީޓް ގެޒެޓްގައި މިއިޢުލާނާއި އެޓޭޗްކޮށްފައިވާނެއެވެ.

 

އީމެއިލް:   [email protected]

ފޯން:  3327881

ވެބްސައިޓް: https://bit.ly/3m9zDGW

 

ނޯޓް: ބިޑް ހުށަހަޅަން އޮންނަ ދުވަހު، ކަނޑައެޅިފައިވާ ގަޑިއަށް މިނިސްޓްރީގެ ގޭޓް ހުޅުވާނެއެވެ.

 

‏‏19‏ ރަބީޢުލްއައްވަލް‏ 1443

‏25‏ އޮކްޓޯބަރ‏ 2021

25 އޮކްޓޫބަރު 2021
ހޯދާ