މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް ވެހިކަލެއް ހޯދަން ބޭނުންވެއްޖެ

ސުރުހީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޯބަރ 25 އިން 2021 ނޮވެމްބަރ 01 ވަނަ ދުވަހުގެ 14:00 އަށް ރަޖިސްޓްރީވުމަށް 9823186 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ.

                  ނަން ނޯޓުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ އޮންލައިން މީޓިންގ ލިންކް މި އިދާރާއިން ހިއްސާކުރާނެއެވެ. އަދި މަޢުލޫމަތު ދިނުމަށް ފަހު އެފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

ތަން

ގަޑި

ދުވަސް

ތާރީޚް

 

އޮންލައިންކޮށް މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

11:00

ހޯމަ

08 ނޮވެމްބަރ 2021

މަޢުލޫމާތު ސާފުކުރުން

މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ

11:00

ބުރާސްފަތި

18 ނޮވެމްބަރ 2021

އަންދާސީ ހިސާބު ހުށަހެޅުން

 

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ. 

 

25 އޮކްޓޫބަރު 2021
ހޯދާ