މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން

     ނަންބަރު:297-AD/297/2021/75

                          

       އިޢުލާނު

މަޤާމް:            އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމްގެ ނަންބަރ:      J-340883

ބޭނުންވާ އަދަދު:       1

މަޤާމްގެ ގިންތި:       ދާއިމީ

މަޤާމްގެ ރޭންކް:       ޖީ.އެސް. 3

މަޤާމްގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭތަނާއި،ރަށް: މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

މުސާރަ:           -/4,465ރ (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ) (މަހަކު)

ސަރވިސް އެލަވަންސް:   -/1،500 (އެއް ހާސް ފަސް ސަތޭކަ ރުފިޔާ) (މަހަކު)

އެހެނިހެން އެލަވަންސް:

1-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

4-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ (މަހަކު)

މަޤާމްގެ މަސްޢުލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުންކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިންކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ރަށްވެހިންގެ ރަޖިސްޓްރީ ހެދުމާ ރަޖިސްޓްރީއާބެހޭ އެންމެހާކަންކަންކުރުން.
  4. އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓްހެދުމާބެހޭ މަސައްކަތްކުރުން.
  5. ވިހާ މަރުވާގެ ރެކޯޑް (އާބާދީ ރެކޯޑް) ޤަވާޢިދުން ބެލެހެއްޓުން.
  6. އައި.ޑީކާޑުހަދައިދިނުމާއި، މީހުންގެ ނަންބަދަލުކުރުމާއިބެހޭ އެންމެހާ މަސައްކަތް ޤަވާޢިދާއެއްގޮތަށް ކުރުން.

 

  1. އާބާދީއާއިބެހޭ ރިޕޯޓް ކޮންމެމަހެއް ނިމުމުން ޖެހިގެންއަންނަމަހުގެ 10 ގެކުރިން އަތޮޅުކައުންސިލްގެ އިދާރާއަށް ފޮނުވުން.
  2. ކޮންމެ 4 މަހަކުން 1 ފަހަރު ރަށާބެހޭ މަޢުލޫމާތު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުން.
  3. ކައުންސިލްގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯރޓްއެކުލަވާލާ އެއަހަރުގެ ޖުލައިމަހުގެ 10 ވަނަދުވަހުގެކުރިން އަތޮޅުކައުންސިލްއަށް ފޮނުވުން.
  4. ކައުންސިލްގެ އަހަރީރިޕޯރޓް އެކުލަވާލާ ޖެނުއަރީމަހުގެ 10 ވަނަދުވަހުގެކުރިން އަތޮޅުކައުންސިލަށް ފޮނުވުން.
  5. ރަށުގާ ހިނގާ މުހިއްމުކަންތަކުގެ ޔައުމިއްޔާ ޤަވާޢިދުން ލިޔަމުންގެންދިއުން.
  6. ކައުންސިލްގެ އިދާރާގެ ޔައުމިއްޔާދުވަހުން ދުވަހަށްލިޔެ ސޮފްޓްކޮޕީ ނެޓްވޯކްއަށްލުން. އަދި ހަފްތާއަކު އެއްފަހަރު ހާޑްކޮޕީ ތައް ޕްރިންޓްކޮށް ސޮއިކުރުވާރައްކާތެރިކަމާއެކު ފައިލްކޮށް ބަލަހައްޓާ ކޮންމެއަހަރެއް ނިމުމުން އެއަހަރެއްގެ ހާޑްކޮޕީ ބައިންޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  7. ރަށުކައުންސިލުން ޝަރީޢަތަށްފޮނުވަންޖެހޭ މައްސަލަތައް ޝަރީއަތަށް ހުށަހެޅުން.
  8. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބްކުރުމާބެހޭ މަސައްކަތްތަކާ، ކޮމިޓީއާގުޅޭގޮތުން ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ އިދާރީ ކަންކަންބެލެހެއްޓުން.
  9. ބޯހިމެނުމާއިބެހޭގޮތުންކަމާބެހޭ ފަރާތުން އަންގަވާގޮތަށް އެންމެހާ ކަންކަންކުރުން.
  10. ރަށުކައުންސިލުން އެކަށައަޅާ ސިޔާސަތާގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާ އުޞޫލުތައްހެދުން.
  11. ރަށުގާހުންނަ ދަޢުލަތުގެ މުއައްސަސާތަކާ ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ކަނަކަމުގައި އެހީތެރިވެދިނުން.
  12. ކައުންސިލުންދޭންޖެހޭ ޚިދުމަތްތަކަށް ހަދަންޖެހޭ ޤަވާޢިދާ އުޞޫލުތައްހެދުމާ ފީ ކަނޑައެޅުމާބެހޭ އިދާރީ މަސައްކަތްކުރުން.
  13. އިންތިޚާބްތަކާގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ އެލް.ޖީއޭއިން އަންގަވާ ކަންކަން ކުރިޔަށް ގެންދިއުން.
  14. ކައުންސިލުން ދަޢުވާކުރުމަށް ނިންމާ މައްސަލަތައް ޝަރީޢަތަށް ހުށަހެޅުން.
  15. ކޮންމެ 2 މަހުން 1 ފަހަރު ރަށުގާއުޅޭ ބިދޭސީންގެ މަޢުލޫމާތުހޯދާ ބިދޭސީންގެ ދަފްތަރު ލިޔެބެލެހެއްޓުން.
  16. ތަރައްޤީގެ މަޝްރޫޢުތަކާގުޅިގެން ސަރުކާރުގެ މިނިސްޓްރީތަކާ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ޤަވާޢިދުން ފޮނުވަމުންގެންދިއުން.
  17. ވެލިދޫގާ ހުންނަ ދައުލަތުގެ މުއައްސަސާތަކާ ސަރުކާރުގެ އިދާރާއަށް ބޭނުންވާ އިދާރީކަންކަމުގައި އެހީތެރިވެދިނުން.
  18. އިދާރީމަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމާއި ބެލެހެއްޓުން.
  19. ޔުނިޓުން ނިމޭ މައްސަލަތައް ދުވަހުން ދުވަހަށް ރައްކާތެރިކަމާއެކު ފައިލްކުރުން
  20. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމާއި ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  21. މައްސަލަ ރަޖިސްޓްރީއާއި ޔައުމިއްޔާ ނޯޓް ދުވަހުން ދުވަހަށް ލިޔެބެލެހެއްޓުން
  22. ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ލިޔެކިޔުންތައް ލިޔުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން.
  23. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭފަރާތްތަކަށް ފޮނުވަންޖެހޭ ތާރީޚްއަށް (މެއިލް، ޖެމްސް، ފެކްސްއިން ފޮނުވަންޖެހޭ ތަކެތި) ފޮނުވުމާއި ހަވާލުކުރުން.
  24. އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރީކަންކަމާއި އިންތިޒާމްތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  25. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީމަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން

 

 

މަޤާމުގެ ޝަރުޠުތައް:   

  1. 1.      ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ނުވަތަ

  1. 2.      ސާނަވީ ނުވަތަ އެއާއެއްފެންވަރު އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. (މިފޯމް ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި  ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑުގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  3. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚީދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް ، ވަޒީފާއަދާކުރާ އޮފީހުންދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަކުރިމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރުހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤަމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-     އަސާސީ ޝަރުޠު ހަމަވުން (%30)

2-     އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމު (%5)

3-     ލިބިފައިވާ ތަޖްރިބާ (%5)

* އެޑްމިނިސްޓްރޭޝަންގެ ދާއިރާ

* މެނޭޖްމަންޓްގެ ދާއިޜާ

4-     އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (%25)

5-     އިންޓަރވިއު (%35)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

    މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން ނ.ވެލިދޫކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމްއައި ލިޔުންތައް އީމެއިލް |  [email protected]މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑިހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

              މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

     އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6560056 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުމުގެ އުޞޫލާގުޅޭ (http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެންހުންނާނެއެވެ.

25 އޮކްޓޫބަރު 2021
ހޯދާ