ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.

މިއިދާރާއަށް ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމް

ހާބަރ އޮފިސަރ

ބޭނުންވާ ޢަދަދު

01(އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (01 އަހަރު ދުވަހަށް )

މަޤާމުގެ ރޭންކް:

 އެސް. އެސް 2

މަޤާމުގެ

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 02

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

މުސާރައާއި އެލަވަންސް

އަސާސީ މުސާރަ: -/6000 (ހަހާސް) ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ) (މަހަކު)

މުސާރާއާއި އެލަވަންސް އިން އުނިކުރެވޭގޮތް

މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 233.33 (ދުއިސައްތަ ތިރީސް ތިންރުފިޔާ /ތިރީސްތިންލާރި)

މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި

  • ދަންފަޅި އުޞޫލުން ދުވާލަކު 7 ގަޑިއިރު
  • ދަންފަޅި 1: 06:00 އިން 09:00 އަށް
  • ދަންފަޅި 2: 14:00 އިން 18:00 އަށް
  • ހުކުރު ދުވަހު 3 ގަޑީއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ހާރބަ އޮފިސަރ މަސްއޫލިއްޔަތުތައް

  1. ބަނދަރަށް ލަފާ އުޅަނދުތަކާއި ފުރާ އުޅަނދުތަކުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  2. ބަނދަރުގައި އޮޑިފަހަރު އަޅާ ނާޅާގޮތް ބަލައި އިންތިޒާމްކޮށް އުޅަނދު ފަހަރު ތަރުތީބު ކުރުން.
  3. އޮޑިފަހަރު އެޅުމަށް ޙާއްޞަކުރެވިފައިވާ ސަރަޙައްދުތައް ފިޔަވާ އެހެން ސަރަޙައްދު ތަކުގައި އޮޑިފަހަރު އެޅުން ހުއްޓުވުން.
  4. ބަނދަރު ސަރަޙައްދުން ވިޔަފާރި ބޭނުންތަކަށް ދޫކުރެވިފައިވާ ބިންތައް ސްޕަވައިޒަރު ކުރުން.
  5. އަރާއި ފޭބުމަށް ޙާއްޞަކުރެވިފައިވާ ސަރަޙައްދުތަކާއި، މުދާ އަރުވާ ބޭލުމަށް ހާއްޞަކުރެވިފައިވާ ސަރަހައްދުތައް ބެލެހެއްޓުން.
  6. ބަނދަރުން އޮޑިދޯނިފަހަރަށް  އަރުވާ ބާލާ ތަކެއްޗާއި، ބަނދަރު ސަރަޙައްދުގައި ބަހައްޓާ ތަކެތީގެ ކަންކަން ބެލެހެއްޓުން.
  7. މުދާ އަރުވާ ބާލާ އުޅަނދުތައް މުދާ އަރުވާ ބޭލުމަށް ދީފައިވާ ގަޑި ހަމަވުމުން ސަރަޙައްދުން އުޅަނދު ނެގުމާއި ފީ ނަގަން ޖެހޭނަމަ ފީ ނެގުމަށް ނޯޓް ކުރުން.
  8. ބަނދަރަށް މުދާ އެރުވުމާއި ބޭލުމުގައި ބަނދަރަށް އެޅޭ ކުނި އެއުޅަނދަކުން ސާފު ކުރުވުން.
  9. ބަނދަރު ކުނިކަހާ ސާފުކޮށް ބަލަހައްޓާ ފަރާތްތަކުގެ މަސައްކަތް ސްޕަވައިޒްކޮށް ބަނދަރުގެ ސާފުކަން ބެލެހެއްޓުން.
  10. ބަނދަރުގެ އެއްގަމު ތޮއްޓާއި ހުރަސްތޮއްޓަށް މަސްކިރުވާ ބާލާ ހަދާ ފަރާތްތަކަށް ނަޞޭހަތްދީ ފިޔަވަޅު އެޅުން.
  11. ބަނދަރު ސަރަޙައްދުގައި އިށީއިނުމަށް ބަހައްޓާފައި ހުންނަ ބުރުތަކާއި ޖޯލިފަތިތައް ސާފުކޮށް ބެލެހެއްޓުން
  12. ބަނދަރު ސަރަޙައްދުގައި ދަތުރުވެރިންނަށް ހާއްޞަކޮށްގެން ހަދާފައިވާ "ފިނިހިޔާ 2" ސާފުކޮށް ބެލެހެއްޓުން.
  13. ބަނދަރު ޞަރަހައްދުގައި ޖަހާފައިވާ މަޢުލޫމާތު ބޯޑް ތަކާއި އެހެނިހެން ލިޔުންތަށް އާކުރަންޖެހޭނަމަ އެކަން ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން.
  14. ވާޓަރު މަތީގައާއި ތޮށިގަނޑުމަތީ އެއްވެސް ސަރަހައްދެއްގައި މަސްކަނޑާނަމަ އެކަން މަނާކުރުން.އަދި ޔުނިޓް އަދިކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައުން.
  15. ބަދަނރުގެ ޤަވާއިދާއި ޚިލާފްވާ ފަރާތްތަކަށް ނަޞޭހަތްތެރިވުން. އަދި އެކަމެއް ތަކުރާރުވާނަމަ ޔުނިޓުގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން.
  16. ނެރުބައްތި އަދި ބަނދަރުގެ މަގުބައްތިތަކުގެ މައްސަލައެއް ޖެހިއްޖެނަމަ ވަގުތުން ޔުނިޓްގެ ވެރިޔާއަށް އަންގާ އެކަންހައްލުކުރުމަށް މަސައްކަތް ކުރުން.
  17. ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތަށް ފީނެގުމުގެ އިންތިޒާމް ހަމަޖައްސާ ސްލިޕް ދޫކުރުން.
  18. ފަޅުތެރޭގައި އުފެދޭ ކުނިބުނިތައް ސާފުކުރުމުގެ އިންތިޒާމް ހަމަޖައްސާ އެކަންކުރުން.
  19. ބަނދަރު ޞަރަހައްދުގައި ކައުންސިލްގެ އިދާރާއިން ބަހައްޓާފައިވާ ޑަސްބިންތައް ބެލެހެއްޓުމާއި އަދި ޑަސްބިންތައް ފުރުމުން ކުނިގޮނޑަށް ގެންދިއުމުގެ އެންމެހައި ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  20. ޚާއްޞަ ހާލަތްތަކުގައި ކައުންސިލް އެހެނިހެން ސެކްޝަން ތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  21. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

މަޤާމުގެ ޝަރުތުތައް

  • ލިޔަންކިޔަން އެގުން

(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން ނުވަތަ އެމީހަކު ކިޔެވި ތަނަކުން/މަކްތަބަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.)

 އެހެނިހެން ޝަރުތުތައް:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  • ފުލްޓައިމް ވަޒީފާއަދާކުރާ ފަރާތެއްކަމުގައި ނުވުން.
  • ފުލްޓައިމް ދަރިވަރަކަށް ނުވުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭ ފަދަ ފަރާތެއްކަމުގައިވުން.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
  • މީލާދީގޮތުން އުމުރުން 55 އަހަރު ވެފައިވާ މީހަކަށް ނުވުން.
  • ދިވެއްސެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  6. ޕޮލިސްރިޕޯޓް (ދޫކުރިތާ 03 މަސް ހަމަނުވާ) _ ޕޮލިސް ރިޕޯޓް ހަމައެކަނި ހުށަހަޅަންޖެހޭނީ ވަޒީފާއަށް ހޮވޭފަރާތުން ވަޒީފާއަށް އައްޔަންކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައެވެ.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

10

15

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

70

15

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

15

70

ޖުމްލަ

185

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %30 (ތިރީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ނޮވެންބަރުރު 01 އާއި
2021 ނޮވެންބަރު 10 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 އޮކްޓޫބަރު 2021
ހޯދާ