މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - ރ. އަތޮޅު އަނގޮޅިތީމުގައި ޤާއިމްކުރާ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ މަސައްކަތައް ބޭނުންވާ ބައެއްތަކެތި ވިޒިޓަރ ސެންޓަރުގެ ސައިޓަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މިމިސްޓްރީގެ ނަންބަރު: i(IUL)88/ADHR/88/2021/85 އިޢުލާނާއި ގުޅިގެން، ރ. އަތޮޅު އަނގޮޅިތީމުގައި ޤާއިމްކުރާ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ވިޒިޓަރ ސެންޓަރުގެ ސައިޓަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރި އިޢުލާނާއި އެކު ދެވިފައިވާ މަޢުލޫމާތު ތަކަށް ބަދަލުތަކެއް ގެންނަންޖެހޭތީ ދެންނެވުނު އިޢުލާން ބާޠިލްކޮށްފައިވާ ކަމުގައި ދަންނަވަމެވެ.

އަދި ރ. އަތޮޅު އަނގޮޅިތީމުގައި ޤާއިމްކުރާ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ވިޒިޓަރ ސެންޓަރުގެ ސައިޓަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ. ވީމާ، އަމިއްލަ ޚަރަދުގައި މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް 2021 ނޮވެމްބަރު 08 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ބޭނުންފުޅުވާނަމަ 2021 އޮކްޓޫބަރު 31 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މިނިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ. މިއިޢުލާނާއިއެކު ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ބޭނުންވާ ތަކެތީގެ ލިސްޓް އެއްކަރުދާސް ކުރަމެވެ.

 

19 ރަބީޢުލްއައްވަލް 1443

25 އޮކްޓޫބަރު 2021
ހޯދާ