މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީ އިންޓަރގްރޭޝަން ސެންޓަރު ގެ އިމާރާތުގައި ކަތުރުފަނި އަޅާފައިވާތީ، އެތަނުން ކަތުރުފަނި ފިލުވަދޭނެ ފަރާތެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

 (IUL)10-F/10/2021/184  : ނަންބަރު                                                     

އިޢުލާން

ކ. ހިންމަފުށީގައި މި މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ރީއިންޓަރގްރޭޝަން ސެންޓަރު (އެން.އާރް.ސީ) ޢިމާރާތުގެ އެކިއެކި ތަންތާނގައި ކަތުރުފަނި އަޅާފައިވާތީ، އެތަނުން ކަތުރުފަނި ފިލުވާދޭނެ ފަތާރެއް ހޯދުމަށް ބޭނުންވާތީ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 28 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

1)     ބީލަމުގެ ނަން/ އިޢުލާން ނަންބަރު

2)     އަންދާހިސާބު ހުށަހަޅާ ކުންފުނި/ އަމިއްލަ ފަރުދެއް ނަމަ ނަން

3)     ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް

4)     ބީލަން ހުށަހަޅާފަރާތް ތަމްސީލުކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްގެނަމަ އައިޑީކާޑު ނަންބަރު

މިގޮތުން ރަޖިސްޓަރީކުރާ ފަރާތްތަކަށް ރަޖިސްޓަރީ ކުރެވުނުކަން މެއިލުން އެންގޭނެއެވެ. އަދި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް މަޢުލޫމަތު ދިނުމަށާއި، ތަންދެއްކުމަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ކ.ހިންމަފުއްޓަށް ވަޑައިގަތުމާއި އެނބުރި މާލެ ވަޑައިގަތުމުގެ ދަތުރު ހަމަޖައްސައިދެވޭނެއެވެ. އަދި ދަތުރާބެހޭ މަޢުލޫމާތުވެސް މެއިލް އެންގޭނެއެވެ.

މަޢުލޫމާތު ދިނުމަށްފަހު ބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 4 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. 

‏19 ރަބިޢުލްއައްވަލް 1443

‏25 އޮކްޓޯބަރު    2021

25 އޮކްޓޫބަރު 2021
ހޯދާ