ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަވީރީ ހިނގުން މަގުގައިހުރި ރުއްގަހުގައި ނަމާއި ނަންބަރު ޖެހުން

އިޢުލާން

ހަވީރީ ހިނގުން މަގުގައި ހުރި ރުއްގަހުގައި ނަމާއި ނަންބަރު ޖެހުމާގުޅޭ

 

ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ހަވީރީ ހިނގުން (މާރަންދޫ ޔޫތު ސޮސައިޓީގެ އިދާރީ އޮފީހާއި ޓިއުޝަން ސެންޓަރު) އެޅުމަށް ދޫކޮށްފައިވާ ބިމުގެ އުތުރު މަގުގައިހުރި ރުއްގަހުގެ ބަދަލު ދިނުމުގެ މަސައްކަތް މިކައުންސިލުން ދަނީ ކުރަމުންނެވެ.

އެގޮތުން އެމަގުގައިހުރި ބައެއް ރުއްގަސްތަކުގައި ނަމެއް ނުވަތަ ނަންބަރެއް ނެތުމާއި އަދި ނަންބަރު ޖަހާފައިހުރި ބައެއްރުއްގަސްތަކުގެ ނަންބަރު ރަނގަޅަށް ފާޅުނުވުމުން އެރުއްގަހުގެ ވެރިފަރާތް ދެނެގަންނަން އުދަނގޫވެއެވެ. އެހެންކަމުން ބަދަލު ފައިސާ ޙަވާލުކުރާއިރު އެފަދަ ރުއްގަހަށް ބަދަލު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. މިދެންނެވި ސަރަހައްދުގައިހުރި ރުއްގަހުގައި މިކައުންސިލުންވަނީ ދަވާދުން ނަންބަރު ޖަހާ ބޮޅު އަޅާފައެވެ.

ވީމާ، ދެންނެވިފައިވާ މަގުގައި، ކައުންސިލުން ފާހަގަކޮށްފައިވާ ރުއްގަސްތަކުގައި އެގެއެއްގެ ނަން ފާޅުވާގޮތަށް ޖެހުމަށްފަހު 4 ނޮވެމްބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށްދުރުވެ ރުއްގަހުގެ އަދަދާއި ކައުންސިލުން އެރުއްގަހުގައި ޖަހާފައިވާ ނަންބަރު ނޯޓް ކުރެއްވުން އެދެމެވެ. އަދި ވެރިފަރާތް ސާފުނުވުމުގެ ސަބަބުން ރުއްގަހަށް ބަދަލު ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމަށްވާތީ ދީފައިވާ މުއްދަތުގެ ތެރޭގައި ރުއްގަހުގައި ނަންބަރު ޖެހުމާއި ރުއްގަސް ނޯޓްކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

      19 ރަބީޢުލްއައްވަލް 1443

      25 އޮކްޓޫބަރު    2021

25 އޮކްޓޫބަރު 2021
ހޯދާ