ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމް: |
އެކްސްކަވޭޓަރ އޮޕަރޭޓަރ |
|
ބޭނުންވާ އަދަދު: |
02 (ދޭއް) |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ - ގްރޭޑް 5 |
|
މުސާރަ: |
މަހަކު -/6,500 ރުފިޔާ |
|
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2600ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލޭ ސައިޓް ނުވަތަ ޕްރޮޖެކްޓް ސައިޓްތައް |
|
ފެންވަރު ނުވަތަ ޝަރުތު: |
- އެކްސްކަވޭޓަރ ދުއްވުމުގެ ލައިސަންސް (V1) އޮތުން. |
|
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަ ވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސުޕަވައިޒަރު އަންގާގޮތުގެ މަތިން ވެހިކަލްތައް އޮޕަރޭޓުކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން. - ވެހިކަލްތަކުގެ ލޮގް ބެލެހެއްޓުން. - ވެހިކަލްގެ މެއިންޓެންނަސް އާއި ގުޅޭ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުން. |
|
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 31 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ މަހުގެ ތާރީޚެއްގައިއެވެ. |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
18 ރަބީޢުލްއައްވަލް 1443
