މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރޭޖަނަވާރުފަދަ ތަކެތި ގެންގުޅުމަށް ށ. ޅައިމަގުން 3 ބިން ކުއްޔަށް ދޫކުރުން

   ދިރޭޖަނަވާރުފަދަ ތަކެތި ގެންގުޅުމަށް ށ. ޅައިމަގުން ދޫކުރެވިފައިވާ 3 ބިމުގެ މުއްދަތު ހަމަވާތީ އަލުން އެބިންތައް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބިން ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް މި އިދާރާއިން ދިރާސާކޮށް، ޕޮއިންޓް ދިނުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދޭ ޢުޞޫލުން ބިންދޫކުރަން ހަމަޖެހިފައިވާ އަދަދަށެވެ. ބިމުގެ ތަރުތީބު ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުލައިގެންނެވެ.

 

ބިންތަކުގެ ތަފްޞީލް

1-      ދިރޭޖަނަވާރުފަދަ ތަކެތި ގެންގުޅުމަށް 2000 އަކަފޫޓުގެ 3 ބިން ( ސަރުދާރުމަގުގެ ހުނޅަގުން )

ބިމަށްއެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއް ނުވަތަ ކުލަބު ޖަމްޢިއްޔާ ޖަމާޢަތެއް ކަމުގައިވުން،

 

(ށ) ހުށަހަޅާ ފަރާތަކީ ފަރުދެއްނަމަ، ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ވީނަމަވެސް ރަސްމީ ތަޢުލީމް ޙާސިލުކުރަމުންދާ ކުއްޖަކު ކަމުގައި ނުވުން)،

 

(ނ) މީގެކުރިން މިފަދަ ބިމެއް ދޫކޮށް، ޤަވާޢިދާއި ޚިލާފުވެގެން ބިން ވަކިކުރި ފަރާތެއްނަމަ، ވަކިކުރިތާ މީލާދީ 1 (އެކެއް) އަހަރު ވެފައިވުން. އަދި އެކަމާއި ގުޅިގެން ޚަލާސް ކުރަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ، އެ ފައިސާއެއް ޚަލާސް ކޮށްފައިވުން،

 

(ރ) ބުއްދި ސަލާމަތުން ހުރުމާއެކު މިނިވަނެއް ކަމުގައިވުން.

 

ބިމު ކުލި:

   މިމަސައްކަތްތަކަށް ދޫކުރެވޭ ބިންތައް ބިޑު ކުރެވޭ އެންމެ ކުޑަ ކުއްޔަކީ މަހަކަށް ބިމުގެ ކޮންމެ އަކަފޫޓަކަށް މަދުވެގެން 60/- ލާރިއެވެ.

ބިން ދޫކުރެވޭ މުއްދަތު:

   މި މަސައްކަތްތަކަށް ބިންބޭނުންވާ ފަރާތްތަކަށް ބިން ދޫކުރެވޭނެ އެންމެދިގު މުއްދަތަކީ ބިމުގެ އެގްރިމެންޓްގައި ސޮއި ކުރާ ތާރީޚުންފެށިގެން މީލާދީ 10 އަހަރު ދުވަހެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 އޮކްޓޯބަރ 31 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯޝަލް ހުށައެހެޅުން އެދެމެވެ.

ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ. ޕްރޮޕޯޝަލް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވާފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ. އަދި ޕްރޮޕޯސަން ހުށަހަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި، މިކަންސިލަށް އެޑްރެސް ކޮއްފައެވެ. ޕްރޮޕޯޝަލް ހުށަހަޅާ ފޯމެޓާއި އިތުރު މައުލޫމާތު ރަސްމީ ގަޑިތަކުގައި މިކައުންސިލުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

  މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރު 6540051 ފޯނަށް ގުޅާ މަޢުލޫމާތު ސާފުކުރުން އެދެމެވެ.

  މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

24 އޮކްޓޫބަރު 2021
ހޯދާ