ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް އެލަމްނައިއެއް އިންތިޚާބުކުރުން

އިޢުލާން

ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް އެލަމްނައިއެއް އިންތިޚާބުކުރުން

ޤައުމީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން ޔުނިވަރސިޓީ ކައުންސިލަށް މެންބަރެއް އައްޔަންކުރުމަށް ބޭނުންވެގެން 21 ސެޕްޓެންބަރު 2021 ވަނަ ދުވަހު ކުރެވުނު ނަންބަރު: MNU-CA-SE/2021/02 އިޢުލާނަށް އިޖާބަދެއްވާފައި ވަނީ 4 ފަރާތަކުންނެވެ.

އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 02 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 ން 14:00 އަށެވެ. އަދި މި އިންތިޚާބުގައި ވޯޓުލެވޭނީ 15 އޮކްޓޫބަރު 2021 ގެ ނިޔަލަށް އެލަމްނައި އެސޯސިއޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 އެލަމްނައިއެއް އިންތިޚާބުކުރުމަށް ޔުނިވަރސިޓީގެ 4 ކެމްޕަހުގައި އަދި ޕްރޮކްސީ މެދުވެރިކޮށް ވޯޓު ލެވޭ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށް ވަނީ ނިންމިފައެވެ. ކެމްޕަސްތަކުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ކޮންމެ ކެމްޕަހެއްގައި މަދުވެގެން 10 މީހުން ރަޖިސްޓްރީ ކުރުމުންނެވެ. ކެމްޕަސްތަކުގައި އަދި ޕްރޮކްސީ ވޯޓު ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 28 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ވޯޓު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ތިރީގައިވާ ލިންކުން ލިބެން ހުންނާއެވެ.

ޕްރޮކްސީ ވޯޓު: https://mnu.edu.mv/wp-content/uploads/2016/10/Application-form-for-Proxy-registration.pdf

ކެމްޕަހުގައި ވޯޓު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު: https://mnu.edu.mv/wp-content/uploads/2016/10/Application-form-for-Campus-vote-registration.pdf

ފޯމު ފުރުމަށްފަހު އީމެއިލުން ނަމަ، [email protected] އަށް ނުވަތަ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް ފޮނުއްވުންއެދެމެވެ.  

21 އޮކްޓޫބަރު 2021
ހޯދާ