ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
މިޓްރައިބިއުނަލްގެ 02 (ދޭއް) އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހުން ބޭނުންވެއްޖެ

 

ވަޒީފާގެ ފުރުސަތު

ނަންބަރު: 42 223/1/2021/(IUL)

ތާރީޚް:  21  އޮކްޓޯބަރ 2021

 

 

 

 

މިޓްރައިބިއުނަލްގެ 02 (ދޭއް) އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހުން ބޭނުންވެއްޖެ

 

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމް ނަންބަރު:

TAT-118

 

ބޭނުންވާ ޢަދަދު:

01

 

މަޤާމް ގިންތި:

ދާއިމީ

 

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ

 

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް

 

މުސާރަ، ޢިނާޔަތްތަކާއެކު:

އަސާސީ މުސާރަ:  4,000/-ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: 1,600/- ރުފިޔާ (އަސާސީ މުސާރައިގެ %40)

ލިވިންގ އެލަވަންސް:  3,500/- ރުފިޔާ

ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ހަދަންޖެހޭ މުއްދަތުގެ ތެރޭގައި ތައްޔާރުކުރުން.

2- މުވައްޒަފުންގެ އިތުރުގަޑީ ރިޕޯޓް ހަދަންޖެހޭ މުއްދަތުގެ ތެރޭގައި ތައްޔާރުކުރުން.

3- ސްޓާފްމީޓިންގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 

4- ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

5- އެންޓްރީ ބެލެހެއްޓުމުގެ މަސައްކަތާއި، ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރުން.

6- ރިސެޕްޝަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

7- ޓްރައިބިއުނަލަށް ބަލައިގަނެވޭ ފައިސާ ބަލައިގަތުމަށް ކުރަންޖެހޭ ކަންތައްކުރުމާއި، ބަލައިގަނެވޭ ފައިސާއާ ތަފްޞީލް ފައިސާއާއިބެހޭ ބަޔަށް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން. 

8- ޓްރައިބިއުނަލުންކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެނަމަ ޢަމަލީގޮތުން ބައިވެރިވުން.

9- އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔެ ފޮނުވުމާއި ސްކޭންކޮށް ބެލެހެއްޓުމާއި، ފައިލްކުރުން. 

10- ޓްރިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތައް ތައްޔާރުކޮށް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

11- ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި ޕެޓީކޭޝް ފައިސާއާއި ގުޅުންހުރި މަސައްކަތް ކުރުން. 

12- ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރިއާ ގުޅޭ ހަފްތާ ހިސާބު އަދި މަސްދުވަހުގެ ހިސާބު ހަދަންޖެހޭ މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް ބެލެހެއްޓުން.

13- ޓްރައިބިއުނަލްގެ ތަޅުދަނޑިތައް ބެލެހެއްޓުން.

14- ސްޓޮކަށް ބޭނުންވާ ތަކެއްޗާއި،  އޮފީހަށް ބޭނުންވާ  އެހެނިހެން ތަކެތި  ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ހޯދުން.

15- މަރާމާތު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކުރުން.

16- ބިޑު އިވެލުއެޝަން ކޮމިޓީގެ މަސައްކަތްތައް ކުރުން.

17- ބިޑް ކޮމިޓީގެ ޔައުމިއްޔާ ލިޔެބެލެހެއްޓުމާއި ބިޑްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ކުރުން.

18- މުވައްޒަފުން ޓްރައިބިއުނަލަށް ވެއްދުމާއި ވަކިކުރުމާއި ގުޅޭ ގޮތުން ސެޕް ސިސްޓަމުގެ ތެރެއިން ކުރައްޖެހޭ ކަންތައްކުރުން.

19- ބަނޑޭރި ޕޯޓަލްގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

20- އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

21- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ކުރިއަށްގެންދާ ކަންތައްތަކުގައާއި، ކުއްލިގޮތުގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެ ދިނުމަށް މި ޓްރައިބިއުނަލްގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ފަރުވާތެރިކަމާއިއެކު މަސައްކަތްކުރުން.                                            

މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން

(ހުނަރުވެރިކަމާއި ތަޖުރިބާއާއެކު):

- އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި ހިމެނޭގޮތަށް 2 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ،

-  އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި ހިމެނޭގޮތަށް 4 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއެކު މީގެ އިތުރުން އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދާތަކުން  ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

 

 

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމް ނަންބަރު:

TAT-121

 

ބޭނުންވާ ޢަދަދު:

01

 

މަޤާމް ގިންތި:

ދާއިމީ

 

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ

 

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް

 

މުސާރަ، ޢިނާޔަތްތަކާއެކު:

 އަސާސީ މުސާރަ: 4,000/-ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: 1,600/- ރުފިޔާ (އަސާސީ މުސާރައިގެ %40)

ލިވިންގ އެލަވަންސް:  3,500/- ރުފިޔާ

 ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އެންޓްރީ ބެލެހެއްޓުމުގެ މަސައްކަތާއި، ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރުން.
  2. ރިސެޕްޝަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
  4. މުވައްޒަފުންގެ ގަޑީލާރީގެ ރިޕޯޓް އަދި ފެރީ އެލަވެންސް ރިޕޯޓް ޤަވާޢިދުން ތައްޔާރުކުރުން.
  5. ޓްރައިބިއުނަލްގެ މުވައްޒަފުންގެ އަހަރީ ހާޟިރީ ރިޕޯޓް ޤަވާޢިދުން ތައްޔާރުކުރުން.
  6. ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް ތައްޔާރު ކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޓްރައިބިއުނަލްގެ އިންވެންޓްރީ ޤަވާޢިދުން ބަލަހައްޓަމުން ގެންދިޔުން.
  8. ޓްރައިބިއުނަލުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުން.
  9. މުވައްޒަފުން ޓްރައިބިއުނަލަށް ވެއްދުމާއި އަދި ވަކިކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ޕާރސަނަލް ފައިލްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  10. ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމަށް ޤަވާއިދާއި އެއްގޮތަށް ރިކުއެސްޓުކުރުމާއި، ސްޓޮކަށް ތަކެތި ވައްދައި ސްޓޮކްބާކީ ޤާވާއިދާއި އެއްގޮތަށް ބެލެހެއްޓުން. 
  11. އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔެ ފޮނުވުމާއި ސްކޭންކޮށް ބެލެހެއްޓުމާއި، ފައިލްކުރުން.
  12. ޓްރިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތަކަށް ތައްޔާރުކޮށް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  13. ޓްރައިބިއުނަލުންކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެނަމަ ޢަމަލީގޮތުން ބައިވެރިވުން.
  14. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  15. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ކުރިއަށްގެންދާ ކަންތައްތަކުގައާއި، ކުއްލިގޮތުގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެ ދިނުމަށް މި ޓްރައިބިއުނަލްގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ފަރުވާތެރިކަމާއިއެކު މަސައްކަތްކުރުން

މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން

(ހުނަރުވެރިކަމާއި ތަޖުރިބާއާއެކު):

- އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި ހިމެނޭގޮތަށް 2 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ،

- އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި ހިމެނޭގޮތަށް 4 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއެކު މީގެ އިތުރުން އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދާތަކުން  ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ.) 
  5. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ).
  1. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.)
  2. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

 

 

 

 

 

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ތާރީޚާއި ގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 3 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރެއްވުން . މެއިލްކުރައްވާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ. (މެއިލް ކުރެއްވުމަށްފަހު އޮފީހަށް މެއިލް ލިބުނުތޯ ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންގެ ޒިންމާއެކެވެ)

 

28 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން

 

 

 

 

 

 

 

 

 

 

މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.            

 

 

 

21 އޮކްޓޯބަރ 2021

 

 

 

21 އޮކްޓޫބަރު 2021
ހޯދާ