ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.އަތޮޅު ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

                                                                 ނަންބަރ : 242/242/2021/22(IUL)

    

އިޢުލާން

 

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުން.

          މިއިދާރާގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލުމުން ހުށަހަޅާފައިވާ ލޯގޯ ތަކުގައި އަތޮޅު ރަމްޒުކޮށްދޭ ލޯގޯއެއް ނެތުމުން މިއިދާގެ ނަންބަރ (IUL)242/242/2021/19  (05 އޮގަސްޓް 2021) ގެ އިޢުލާން ބާތިލްކޮށް އަލުން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން ބޭނުންކުރުމަށް ފާސްކުރެވޭ ލޯގޯއެއް ހުށަހެޅި ފަރާތަކަށް 5000/- ރ (ފަސްހާސް ރުފިޔާ) ގެ އިނާމެއް ދެވޭނެއެވެ.

ލޯގޯ ހުށަހެޅުން:

  1. ފަރުމާކޮށްފައިވާ ލޯގޯ 28 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަންވާނެވެ.
  2. ލެޓަރހެޑް ފިޔަވައި އެހެން ފައިލްތަކުގެ ސޮފްޓްކޮޕީ ހުށަހަޅަންވާނީ ކޮރަލް X15 ނުވަތަ ފޮޓޯޝޮޕް CS5 އަށް ވުރެ ފަހުގެ ވާރޝަންގައި އިމޭޖް ލޭޔަރސް ވަކިވަކިން ހުންނަގޮތަށެވެ.
  3. ލެޓަރހެޑް ހުށަހަޅަންވާނީ މައިކްރޯސޮފްޓް ވޯޑް 2010 ކޮމްޕެޓަބަލް ކޮށްފައެވެ.
  4. އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 3 ލޯގޯއެވެ.
  5. ފައިލްތަކުގެ ސޮފްޓުކޮޕީ އަދި ލެޓަރހެޑް ހުށަހަޅަންވާނީ info@[email protected] އަށެވެ.

ލޯގޯ ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް

  1. ލޯގޯއިން ހުވަދުއަތޮޅު ދެކުނުބުރީގެ މަސައްކަތްތެރިކަމާއި ތާރީޙާއި ދީނާއި ޘަޤާފަތް ރަމްޒުކޮށް ދޭންވާނެވެ.
  2. ކުލަ: ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ތިރީގައި މިދަންނަވާ ކުލަތަކުގައެވެ.

RGB 30 144 255

RGB 50 205 50

ހުށަހަޅަންޖެހޭ ތަކެތި:

  1. ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ގުޅޭނެ ނަންބަރު އަދި ހުށަހަޅާ ލޯގޯ ކޮންސެޕްޓް އަދި އެހެނިހެން ފައިލްތައް ހިމެނޭ ޕްރޮޕޯސަލް (PDF)
  2. ލޯގޯ (PNG)
  3. ލޯގޯގެ ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް ފައިލް
  4. ލެޓަރހެޑް ޑިޒައިން ލޯގޯ ބޭނުންކޮށްގެން
  5. ބިޒްނަސް ކާޑު ލޯގޯ ބޭނުންކޮށްގެން
  6. އޮފިޝަލް ފާސް ލޯގޯ ބޭނުންކޮށްގެން
21 އޮކްޓޫބަރު 2021
ހޯދާ