ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

މި ރަށު މަތިމަރަދޫ އަވަށުން، ގަން ރީޖަނަލް ހޮސްޕިޓަލް ގޯތީގެ އުތުރު ފަރާތު ރަށް ހުރަހަށް އޮތްމަގުގެ އުތުރު ކަންމަތިން މިރަށު ދިލާސާގޭ ޙުސައިން މޫސާ، ދިރިއުޅުމަށް ދައުލަތުން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ހުޅަނގުން ސިނާއީމަގާ ދެމެދު ގޯތީ އިންފާރު ކައިރީ މި އިދާރާއިން A-03,A-02,A-01 ނަންބަރު ޖަހާފައިވާ ފޯދުނު އެކިވަރުގެ 03 ދިވެހި ރުކުގެ ވެރިން ހޯދުމަށްވަނީ ބޭނުންވެފައެވެ.

                ވީމާ، މަތީގައިވާ ރުއްގަހުގެ ވެރިން އެ ރުއްގަހުގެ ބަދަލު ފައިސާ ހޯދުމަށް ޓަކައި މި އިދާރާއިން ދޫކުރާ ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، 16 ނޮވެމްބަރ 2021 ގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެ ފޯމު މި އިދާރާގެ ވެބްސައިޓް www.gan.gov.mv އިން ޑަވްންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

21 އޮކްޓޫބަރު 2021
ހޯދާ