ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ބަނދަރު ސަރަޙައްދުގެ "ދެކުނުކޮޅު ރުއްގަނޑު" ވަރުވާއަށް ދޫކުރުމާއި ބެހޭ

ހޯރަފުށީގެ ރައްޔިތުން، ރަށުގެ މިސްކިތްމަގުގެ ދެކުނުން، ބަނދަރު ސަރަޙައްދުގެ ދެކުނަށް އޮތް ސަރަޙައްދުގެ ރުއްބުޑުތަކުގައި އިންދާ ހައްދާފައިވާ ފޯދުނު މެދުފަންތީގެ 20 (ވިހި) ރުއް ހިމެނޭ "ދެކުނުކޮޅު ރުއްގަނޑު" ވަރުވާއަށް ލިޔެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މި ރުއްގަނޑު ލިޔެދެވޭނީ އަހަރު ދުވަހަކަށް އެންމެ ބޮޑު ވަރުވާއެއް ހުށަހަޅާ ފަރާތަކަށެވެ. އަދި އަހަރަކަށް ވަރުވާއަށް އެންމެ ދަށް އަގެއްގެ ގޮތުގައި ހުށަހެޅޭނެ އަގަކީ 1300.00 (އެއްހާސް ތިން ސަތޭކަ) ރުފިޔާ ކަމުގައި ދަންނަވަމެވެ.

           ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

25 އޮކްޓޫބަރު 2021

ހޯމަ

11:45

ފޯމް ބަލައިގަތުން

28 އޮކްޓޫބަރު 2021

ބުރާސްފަތި

11:45

          އަގު ހުށަހަޅާ ފޯމާއި ޙަވާލުވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، މިކަމަށް އެދޭ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

           21 ރަބީޢުލްއައްވަލް 1443

           20   އޮކްޓޫބަރު  2021  

20 އޮކްޓޫބަރު 2021
ހޯދާ