މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ޗީފް އޮފިސަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ޗީފް އޮފިސަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

މަހާ ޖައްރާފު

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 97،000
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ޝިފްޓް ޑިއުޓީ 12 ގަޑިއިރު

ޝަރުޠު

  • ސެޓްފިކެޓް އޮފް  ކޮމޕީޓެންސީ : އަންލިމިޓެޑް  ޓަނޭޖްގެ އުޅަނދެއްގައި ޗީފް އޮފިސަރގެ މަގާމް އަދާކޮށްފައިވުން.
  • އަންލިމިޓެޑް ޓަނޭޖްގެ އުޅަނދެއްގައި ޗީފް އޮފިސަރ މަގާމު އަދާކުރުމަށް ބެނުންވާ ސެޓްފިކެޓްތައް STCW  މެނީލާ 2010 ގެ މިންގަޑަށް ފުރިހަމަކޮށްފައިވުން.
  • ILO/MLC 2006 ގެ މިންގަނޑަށް ސަރޓިފިކެޓް އޮފެ މެޑިކަލް ފިޓްނެސް ލިބިފައިވުން.  
  • ޖީ.އެމް.ޑީ.އެސް.އެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • ޝިޕް ސެކިއުރިޓީ އޮފިސަރ ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • "އެކްޑިސް" ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރުމާއި، މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.
  • ކަމާބެހޭ އިކުއިޕްމަންޓާއި އިންސްޓްރުމެންޓޭޝަން ބޭނުންކުރުމަށް ފަރިތަވުން.
  • ތިލަ ފަޅުތަކުގައި ނިޔަމިކަން ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ބިން ހިއްކުމުގެ ޕްރޮޖެކްޓެގައި ބިންހިއްކާ އުޅަނދެއްގެ ޗީފް އޮފިސަރުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2021 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 00:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2021 އޮކްޓޯބަރ 25 ން 2021 އޮކްޓޯބަރ 31 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓިން އެވެލުއޭޝަންއަށް ފަހު އެންމެ މަތިން މާކްސް ލިބޭ 10-15 ފަރާތްތަކާއިއެވެ. ޝޯޓްލިސްޓް ކުރުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ (ހުށަހަޅާފައިވާ ލިޔެކިއުންތައް) އަށް ބަލައި ސްކޯކުރެވޭނެއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

17 އޮކްޓޯބަރ 2021

17 އޮކްޓޫބަރު 2021
ހޯދާ