|
މަޤާމް
|
އައިޓީ ޓެކްނީޝަން
|
އަސާސީ މުސާރަ
|
-/6,950 ރުފިޔާ
|
|
އެލަވަންސްތައް:
|
-/3,000 ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީޕީ 5
|
ބޭނުންވާ ޢަދަދު:
|
01
|
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ބްރޮޑްކާސްޓް ޓެކްނޮލޮޖީ
|
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- މަޤާމާއި ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޮމްޕިއުޓާތައް މަރާމާތުކޮށް އަލަށް ހޯދާ ސިސްޓަމްތައް ރާވާދިނުން
- ޔޫޒަރ ޓާރމިނަލްތަކަށް ބޭނުންވާ ސޮފްޓްވެއަރ އިންސްޓޯލް ކޮށްދިނުމާއި ސޮފްޓްވެއާރ އަށް ދިމާވާ އެކިއެކި މައްސަލަ ހައްލުކޮށްދިނުން.
- ކޮމްޕިއުޓަރ އަދި ޕްރިންޓަރ އަދި މިކަމާގުޅުންހުރި ހާރޑްވެއަރގެ އެކިއެކި ބާވަތްތަކުގެ ޑިވައިސްތަކާ ގެޖެޓްތަކަށް ދިމާވާ މައްސަލަ ބަލައި ރަނގަޅުކުރުން
- މުވައްޒަފުންނަށް ރައްކާތެރި ކަމާއެކު ކޮންޕިއުޓަރ ސިސްޓަމްތައް ބޭނުންކުރާނެ ގޮތްކިޔާދިނުން
- ޕްރޮގްރާމްތައް އެޑިޓް ކުރަން ބޭނުންވާ ސޮފްޓްވެއަރތައް އިންސްޓޯލް ކުރުމާ ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުން
- ޒަމާނީ އައި.ޓީ.ސީ ވަސީލަތްތައް،، ބްރޯޑްކާސްޓިންގ ތެރެއަށް ތައާރަފް ކުރުމަށް ރިސާރޗް ކުރުމާއި، އަދި ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު އެކަންކަން އިމްޕްލިމެންޓް ކުރުމަށް މަސައްކަތްކުރުން
- ކުންފުނީގެ ސީ.ސީ.ޓީވީ އަދި ޓެލެފޯން ނެޓްވޯރކްއަށް ދިމާވާ އެކިއެކި މައްސަލަތަށް ހައްލުކޮށްދިނުން
- މަސައްކަތްކުރަން ގެންގުޅޭ ޓޫލްސްތަކާ، ލައިސަންސްކީ އަދި ސީރިއަލްކީ ފަދަތަކެކި ރައްކާތެރިކޮށް ގެންގުޅުން
- ސެކްޝަންގެ އެކިއެކި ޔުނިޓްތަކާއިގުޅިގެން ކުރަންޖެހޭ މަސައްކަތް ތަކުގައި ބައިވެރިވުން.
|
|
އިތުރު އެލަނަސްތައް
|
- އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
- ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.
|
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.
|