ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-345265

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ  ( ކޯޕަރޭޓް އެފެއަރޒް)

މުސާރަ:

5610 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ
ސިވިލް ސާރވިސް މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-       ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

-       ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

-       ކައުންސިލާއި، ކައުންސިލް ދަށުގައިވާ އިމާރާތްތަކަށް ބޭނުންވާ މަރާމާތް ދެނެގަނެ، މަރާމާތް ކުރާނެ ގޮތުގެ އަހަރީ ޕްލޭން އެކުލަވާލުން.

-       މަރާމާތު ކުރުމަށް ކުރެވޭ ބިޑްތަކަށް ބޭނުންވާ މަޢުލޫމާތު ޝީޓް ތައްޔާރުކުރުމާއި، ބިޑްތައް ކުރިޔަށް ގެންދިޔުމަށް ގުޅުންހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން އަދި ބިޑްނުކޮށް ކުރިއަށް ގެންދެވޭ ކުދި މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތަކެއް ހަމަކޮށް މެއިންޓަނެންސް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ކުރުން

-       މަރާމާތު މަސައްކަތްކުރާއިރު، މަރާމާތުކުރާ ސައިޓްގައި މަސައްކަތްކުރަނީ މަޢުލޫމާތު ޝީޓްގައިވާ ގޮތަށް ތޯ ބަލައި ޔަގީން ކުރުން

-       ކައުންސިލް އަދި ކައުންސިލް ދަށުގައިވާ އިމާރާތްތަކަށް ބޭނުންވާ ބަދަލުތައް އަދި މެއިންޓަނަންސް މަސައްކަތް ކުރުމުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ކުރިއަށް ގެންދިއުން

-       ކައުންސިލް އަދި ކައުންސިލް ދަށުގައިވާ އިމާރާތްތަކުގެ ފަންކާ، ބޮކި، ހޮޅިބުރި، ފެންޕަންޕް ފަދަތަކެތީ ގެތެރެއިން ހަލާކުވާ ތަކެތިބަދަލުކުރުން. އަދި މައްސަލަޖެހޭ ތަކެތީގެތެރެއިން ރަނގަޅުކުރެވެން ހުރިތަކެތި ރަނގަޅުކުރުން.

-       ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ މަރާމާތަށް ބޭނުންވާ ޚަރަދުތައް ޕްލޭންކޮށް ފައިނޭންސް މުވައްޒަފުންނަށް ބަޖެޓް ނިންމުމަށް އެހީތެރިވެދިނުން

-       ކައުންސިލް އިދާރާގެ ސްޕޯޓް ސާރވިސަސް ޔުނިޓްގެ މަސައްކަތްތައް ރާވައި ސްޕަވައިޒްކުރުން.

-         އޮފީހުން ހިންގާ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަކުގައި ސެކްޝަނުގެ މުވައްޒަފުންނަށް އެހީތެރިވުން

-       އައުޓް ސޯސް ކުރެވިގެން ކުރެވޭ މަރާމާތު ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި ކަމާ ގުޅޭ އެހެނިހެން ސެކްޝަންތަކުގެ މުއައްޒަފުންނަށް އެހީތެރިވުން.

-       ކައުންސިލް އަދި ކައުންސިލް ދަށުގައިވާ އެންމެހާ ތަންތަނުގެ ކަރަންޓް، ފަރުނީޗަރު އަދި ތަކެއްޗައް ލިބޭ ގެއްލުންތައް ބަލައި، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން

-       ކައުންސިލް އަދި ކައުންސިލް ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގައި ހަރުކުރެވިފައިވާ އެއަރކޯންތައް މަރާމާތުކޮށް ސާރވިސްކޮށް ބެލެހެއްޓުން. (އަމިއްލައަށް ނުކުރެވޭ މަސައްކަތް ޕްރޮކިއުމަންޓާއި ގުޅިގެން ކުރިޔަށް ގެންދިއުން)

-       އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ތަން ޒީނަތްތެރިކުރުން ،ވޯރކްޝޮޕްފަދަ ކަންކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމުތައް ކުރުމަށްޓަކާއި ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ މަތިން ކުރުން.

-       ކައުންސިލް އަދި ކައުންސިލް ބެލލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގެ ސާފުތާހިރުކަން ޔަގީން ކުރުމާއި ސަޕޯޓް ސްޓާފުން އަދި ގުޅުންހުރި ސެކްޝަންތަކާއެކު ސާފު ކުރާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒު ކުރުން

-       މަގުބައްތި ނެޓްވޯކްއަށް ދިމާވާ މައްސަލަތައް ހަމަޖެހިފައިވާ ނިޒާމްގެ ތެރެއިން ހައްލު ކުރުމާއި، ބަނދަރު، މަސްމާރުކޭޓް، ހިނަވާގެ ފަދަ އާންމު ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ސާފުތާހިރުކަން ޔަގީން ކުރުން

-       ކައުންސިލް އަދި ކައުންސިލް ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ދިމާވާ މައްސަލަތަކަށް އެޓެންޑުވެ ހައްލު ކުރުން

-       ކައުންސިލް އިދާރާ އަދި ކައުންސިލް ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގެ ކޮމްޕިއުޓަރ އާލަތްތަކާއި އެހެނިހެން މެޝިނަރީޒް ގަވައިދުން މެއިންޓެނެންސް ކުރުން

-       ރަށަށް ޒިޔާރަތްކުރާ ޓީމްތަކާއި މެހެމާނުންގެ ކަންތައް ބެލެހެއްޓުން އަދި އިދާރާއިން ކުރިއަށްގެންދާ ޖަލްސާ/ ހަފްލާ/ ވޯރކްސޮޕް ފަދަ އިވެންޓްތަކުގެ ސެޓްއަޕް ހެދުމާއި މިފަދަ އިވެންޓްތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

-       ކައުންސިލް އަދި ކައުންސިލް އިދާރާގެ ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ އަދާހަމަކޮށް ބެލެހެއްޓުމާއި ކައުންސިލްގެ ޖެނެރަލް ސްޓޮކް ބެލެހެއްޓުން

-       ކައުންސިލް އިދާރާގެ ވާރކްޕްލޭން ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން

-       ސެކްޝައިން ތައްޔާރު ކުރަންޖެހޭ ރިޕޯޓްތަކާއި ލިޔުންތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓް އެކުލަވާލައި ގުޅުންހުރި އިދާރާތަކަށް ފޮނުވުން

-       ސެކްޝަނަށް ރޫޓް ކުރެވޭ ސިޓީ މެސެޖްތަކަށް ޖަވާބު ތައްޔާރު ކުރުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފާރޑް)

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ކޮމާސް

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް

ކޮމްޕިއުޓަރ ސައިންސް

ކައުންސިލް އެޑްމިނިސްޓްރޭޝަން

ޑިވެލޮޕްމަންޓް ސްޓަޑީޒް

އިކޮނޮމިކްސް

ފައިނޭންސް

ގަވަރނަންސް

ހިއުމަން ރިސޯސް

ހިޔުމަން ރިސޯސް މެނޭޖްމަންޓް

އިންފޮމޭޝަން ޓެކްނޮލޮޖީ

އިންޓަނޭޝަނަލް ރިލޭޝަންސް

ލޯ

ލޯކަލް ގަވަރނަންސް

މެނޭޖްމަންޓް

މާކެޓިންގ

މާކެޓިންގ މެނޭޖްމަންޓް

އޮފީސް އެޑްމިނިސްޓްރޭޝަން

ޕޮލިސީ ސްޓަޑިޒް

ޕޮލިޓިކަލް ސައިންސް

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް މޭނޭޖްމަންޓް

ޕަބްލިކް ޕޮލިސީ

ޕަބްލިކް ރިލޭޝަންސް

ޝަރީޢާ އެންޑް ލޯ

ސޯޝަލް ސައިންސް

އާބަން ސްޓަޑީޒް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖުމަންޓު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: 30% )
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: 20%)
  6. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: 35%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (21 އޮކްޓޯބަރ 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 22 އޮކްޓޯބަރ 2021 އާއި 22 ނޮވެމްބަރ 2021 އާ ދެމެދު، ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527181 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

07 ރަބީޢުލް އައްވަލް 1443

13 އޮކްޓޯބަރ 2021

13 އޮކްޓޫބަރު 2021
ހޯދާ