ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-336667

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ  (މުނިސިޕަލް ސާރވިސަސް)

މުސާރަ:

5610 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ
ސިވިލް ސާރވިސް މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-       ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

-       ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

 

 

-       ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ޤަވާއިދު އަދި އުސޫލުތަކާ އެއްގޮތަށް އެކި ބޭނުންތަކަށް ބީންދޫކުރުމާއި، ރަޖިސްޓްރީ ހެއްދުމާއި ދަފްތަރު ކުރުމުގެ މަސައްކަތް ކުރުން

-       ގޮވަތި ގެދޮރު ބައިކުރުމަށްޓަކައި ހަދަންޖެހޭ ސާރވޭތައް ހެދުމާއި، ގޮވަތި ގެދޮރު ބައިކުރުމާއި، ރަޖިސްޓްރީ ކުރުމާއި ދަފްތަރު ކުރުމުގެ މަސައްކަތް ކުރުން

-       ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި އެހީތެރިވެދިނުމާއި އެކި ބޭނުންތަކަށް ދޫކުރެވޭ ބިންތަކާއި ގުޅިގެން ލޭންޑް ޔޫސް ޕްލޭން އަދާ ހަމަކޮށް ބެލެހެއްޓުން

-       އިމާރާތް ކުރުމާއި ގުޅިގެން ހުށައެޅޭ ލިޔެކިޔުންތަކާއި ކުރެހުންތައް ރިވިއުކޮށް ޤަވައިދުތަކާ އުސޫލުތަކާ އެއްގޮތަށް އިމާރާތް ކުރުމާއި އިމާރާތްތަކަށް ބަދަލު ގެނައުމުގެ ހުއްދަ ދޫކުރުން

-       މަގުތަކާއި އާންމު ތަންތަން ބޭނުންކުރުމަށް ހުށައެޅޭ ރިކުއެސްޓްތައް ރިވިއުކޮށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރުން

-       އާއްމު އުނދަގުލާއި ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑް އަދި ޕްރޮގްރެސް ބެލުމަށް ނިޒާމެއް ގާއިމްކޮށް ކައުންސިލްގެ ވެރިންނާއި، ސްޕަވައިޒަރުގެ ލަފާގެ މަތިން ހައްލުކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

-       އުފަންދުވަހުގެ ރަޖިސްޓްރީ، އުފަންދުވަހުގެ ސެޓްފިކެޓް އަދި އާބާދީއާ ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން

-       ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ދޫކުރުން އަދި މި ޚިދުމަތް މެދުނުކެޑި ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ގުޅުންހުރި އިދާރާތަކާއެކު ކުރުން

-       ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި އެއްގަމު ތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމާއި، ނެރުބައްތި ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް

-       ގަބުރުސްތާނުތަކާއި މިސްކިތްތައް، މަސްމާރުކޭޓް ފަދަ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތައް މޮނިޓަރކޮށް، ސާފތާހިރުކަން ޔަގީންކޮށް، މެއިންޓެނަންސް މަސައްކަތްތައް ގުޅުންހުރި ޔުނިޓްތަކާއެކު ކުރުން

-       ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން

-       ކައުންސިލް އިދާރާގެ ވާރކްޕްލޭން ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން

-       ސެކްޝައިން ތައްޔާރު ކުރަންޖެހޭ ރިޕޯޓްތަކާއި ލިޔުންތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓް އެކުލަވާލައި ގުޅުންހުރި އިދާރާތަކަށް ފޮނުވުން

-       ސެކްޝަނަށް ރޫޓް ކުރެވޭ ސިޓީ މެސެޖްތަކަށް ޖަވާބު ތައްޔާރު ކުރުން

-       ބޯހިމެނުމާއި، އިންތިހާބުތަކާއި ތަފާސް ހިސާބުތައް ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުން

-       ބިމާ އާބާދީއާ ގުޅިގެން ކުރެވޭ ސާރވޭ ތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން

-       ބޯހިޔާވަހި ކަމުގެ ޕްރޮޖެކެޓްތަކާއި ބިމާ ގުލުންހުރި ޕްރޮޖެކްތަކުގެ އިދާރީ މަސައްކަތް ކުރުމާއި މިފަދަ ޕްރޮޖެކްޓްތައް މޮނިޓަރ ކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފާރޑް)

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ކޮމާސް

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް

ކޮމްޕިއުޓަރ ސައިންސް

ކައުންސިލް އެޑްމިނިސްޓްރޭޝަން

ޑިވެލޮޕްމަންޓް ސްޓަޑީޒް

އިކޮނޮމިކްސް

ފައިނޭންސް

ގަވަރނަންސް

ހިއުމަން ރިސޯސް

ހިޔުމަން ރިސޯސް މެނޭޖްމަންޓް

އިންފޮމޭޝަން ޓެކްނޮލޮޖީ

އިންޓަނޭޝަނަލް ރިލޭޝަންސް

ލޯ

ލޯކަލް ގަވަރނަންސް

މެނޭޖްމަންޓް

މާކެޓިންގ

މާކެޓިންގ މެނޭޖްމަންޓް

އޮފީސް އެޑްމިނިސްޓްރޭޝަން

ޕޮލިސީ ސްޓަޑިޒް

ޕޮލިޓިކަލް ސައިންސް

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް މޭނޭޖްމަންޓް

ޕަބްލިކް ޕޮލިސީ

ޕަބްލިކް ރިލޭޝަންސް

ޝަރީޢާ އެންޑް ލޯ

ސޯޝަލް ސައިންސް

އާބަން ސްޓަޑީޒް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖުމަންޓު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: 30% )
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: 20%)
  6. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: 35%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (21 އޮކްޓޯބަރ 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 22 އޮކްޓޯބަރ 2021 އާއި 22 ނޮވެމްބަރ 2021 އާ ދެމެދު، ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527181 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

07 ރަބީޢުލް އައްވަލް 1443

13 އޮކްޓޯބަރ 2021

13 އޮކްޓޫބަރު 2021
ހޯދާ