މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މި މިނިސްޓްރީގެ މީޓިންގް ރޫމްއަށް އޮފީސް ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 މި މިނިސްޓްރީގެ މީޓިންގް ރޫމްއަށް އޮފީސް ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

     

      މި މިނިސްޓްރީގެ މީޓިންގް ރޫމްއަށް އޮފީސް ގޮނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 20 ސެޕްޓެމްބަރ 2021 ގައި ކުރެވުނު (IUL)472/1/2021/70 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ސްޕެސިފިކޭޝަންސް އާއި މި މިނިސްޓްރީން ދީފައިވާ ސްޕެސިފިކޭޝަންސް އާއި ދިމާނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.             

        

      ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 24 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މ. ޗަނބޭލީ ވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ)، މަޖީދީމަގު، 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

13 އޮކްޓޫބަރު 2021
ހޯދާ