މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ "ރިވެލި ތަރި" 2021 ފުރުޞަތު ހުޅުވާލުން.

 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން "ރިވެލި ތަރި" ބޭއްވުމަށްވަނީ ހަމަޖެހިފައިއެވެ. އަދި "ރިވެލި ތަރި" ގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާދާއިރާއެއްގައި ފަތުރައި އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. އެގޮތުން، "ރިވެލި ތަރި" އަށް ކުރިމަތިލުމުގެ ފުރުޞަތު 12 އޮކްޓޫބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލަމެވެ.

 ރިވެލި ތަރި މުބާރާތަށް ކުރިމަތިލާނީ ރިވެލި ތަރިއަށް ހުށަހަޅާ ފޯމުންނެވެ. މި އިއުލާނާއިއެކު ރިވެލި ތަރިއަށް ހުށަހަޅާ ފޯމާއި ކޮންސެޕްޓް ނޯޓް އާނުމުކުރީމެވެ. "ރިވެލި ތަރި" ބޭއްވުމަށް ހަމަޖެހިފައިވަނީ، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެފަރާތުން ބައިވެރިވާން ބޭނުންވާ ކެޓަގަރީއަކުން 2 މިނިޓާއި 5 މިނިޓާއި ދެމެދުގެ ވީޑިއޯއެއް ތައްޔާރު ކުރުމަށްފަހު އެކަމަށް ކަނޑައަޅާފައިވާ ފޭސްބުކް ޕޭޖަށް މިނިސްޓްރީން އަޕްލޯޑް ކުރެވޭނެއެވެ. މި މުބާރާތުގައި ބައިވެރިވާން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމުން ވީޑިއޯ އަޕްލޯޑް ކުރަންވީގޮތުގެ މަޢުލޫމާތު މިނިސްޓްރީން ހިއްސާކުރެވިގެންދާނެއެވެ. އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް [email protected] މެއިލަށް ފޮނުވައިދެއްވަން ވާނެއެވެ.

 ރިވެލި ތަރިއަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގް (7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓްwww.gender.gov.mv  އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.

 

"ރިވެލި ތަރި" އަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީޚަކީ 15 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިންނެވެ.

 

12 އޮކްޓޫބަރ 2021

12 އޮކްޓޫބަރު 2021
ހޯދާ