ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 2008 /10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް 2014 ޖުލައި 13 ވާ އާދީއްތަ ދުވަހު ބާއްވާ އިންތިޚާބު، މާލެ ފިޔަވައި ވޯޓުލުން ބާއްވާނެ ތަންތަނާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.
| # | ވޯޓުލާ ރަށް | ވޯޓުލާ މަރުކަޒު | ވޯޓުލުން ފެށޭގަޑި | ވޯޓުލުން ނިމޭގަޑި | 
| 1 | ތިލަދުންމަތީ އުތުރުބުރި އިހަވަންދޫ | ތިލަދުންމަތީ އުތުރުބުރި އިހަވަންދޫ ކައުންސިލްގެ އިދާރާ | 9:30 | 15:30 | 
| 2 | ތިލަދުންމަތީ ދެކުނުބުރި ކުޅުދުއްފުށި | ތިލަދުންމަތީ ދެކުނުބުރި ކުޅުދުއްފުށި ކައުންސިލްގެ އިދާރާ | 9:30 | 15:30 | 
| 3 | ކޮޅުމަޑުލު ވޭމަންޑޫ | ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ | 9:30 | 15:30 | 
| 4 | ހައްދުންމަތީ ފޮނަދޫ | ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ | 9:30 | 15:30 | 
| 5 | ހުވަދުއަތޮޅު އުތުރުބުރި ވިލިގިނގިލި | ހުވަދުއަތޮޅު އުތުރުބުރި ވިލިގިނގިލި އަތޮޅު ކައުންސިލްގެ އިދާރާ | 9:30 | 15:30 | 
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 8 ވަނަ މާއްދާގެ (ރ) ގެ ދަށުން ވޯޓުލާގަޑި ނިމޭއިރު ހާޒިރުވެތިބި ޤާނޫނީ ވަކީލުން ވޯޓުލައި ނުނިމޭނަމަ، އެގަޑި ހަމަވާއިރު ވޯޓުލުމުގެ ކިއުގައި ތިިބި ޤާނޫނީ ވަކީލުން ވޯޓުލައި ނިމެންދެން ވޯޓުލުން ކުރިޔަށް ގެންދެވޭނެއެެވެ. އަދި މިއުސޫލުގެ 12 ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓުލައި ނިމޭތާ 6 (ހައެއް) ގަޑިއިރުގެ ތެރޭގައި ވޯޓު ގުނައި ނިންމައި، އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާއި، އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާނު ކުރެވޭނެއެވެ.
4 ރަމަޟާން 1435
 
                    