ދިވެހިރާއްޖެ
1 ވަނަ އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓްޓިއުޓްއިން ކޮރަލް ޑޭޓާބޭސް އެއް ތައްޔާރުކުރުމަށް ކޮންސަލްޓެންޓްއެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މިމަސައްކަތްކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރަންސް ހޯއްދެވުމަށް އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ އީމެއިލް [email protected] އަށް 19 އޮކްޓޯބަރ 2021 10:00 ގެ ކުރިން، މެއިލް ކުރެއްވުން ލިބިލައްވާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3028708އަދި 3339282 ނަންބަރު ފޯނަށެވެ.