ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރުގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

ކުޑަކުދިންނާ ރައްޓެހި، ރައްކާތެރި ގޮތަކަށް ލޭންޑް ޔޫސް ޕްލޭންގައި ކުޑަކުދިންގެ ޕާރކް ތަރައްޤީކުރުމަށް ޙާއްޞަކޮށްފައިވާ 37.2 ނަންބަރު ބިން ތަރައްޤީކޮށް ބެލެހެއްޓުމަށް ޝަޢުގުވެރިކަން ހުރި ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަށް، ވިޔަފާރިތައް އަދި އާންމު ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑްގައި ބައިވެރިވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިއުމަންޓްސް ދޫކުރުން

މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް،11 އޮކްޓޯބަރ 2021 ވަނަ ދުވަހުން ފެށިގެން 28 އޮކްޓޯބަރ 2021 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުން އީމެއިލް މެދުވެރިކޮށް ލިބެންހުންނާނެއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ.

ބިޑް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 7705700335001 އެކައުންޓަށް ފައިސާ ޖަމާކޮށް ސްލިޕް ކޮޅު އަދި އީމެއިލް އެޑްރެސް ވައިބާ ކުރުމުން ބިޑް ޑޮކިއުމެންޓް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ.

ސްލިޕްކޮޅު ވައިބަރ އިން ފޮނުވާއިރު ބިޑްގައި ރެޖިސްޓްރީ ކުރާނެ ފަރާތުގެ ވިޔަފާރީގެ (ވިފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ) މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.

މަޢުލޫމާތު ކަރުދާހުގެ ކޮޕީއެއް މިކައުންސިލްގެ ވެބްސައިޓް، ފޭސްބުކް ޕޭޖް އަދި ކޮމިޔުނިޓީ ވައިބަރ ގުރޫޕުން ލިބޭނެއެވެ.

 

ޕްރީބިޑް މީޓިންގ

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާނަމަ 6620068 އަދި 6620165 މިނަންބަރު ތަކާއި ގުޅުއްވައިގެން އަދި [email protected][email protected] މި ދެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ.

 

ބިޑް އޯޕަން މީޓިންގ

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 31 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ހުށަހަޅުއްވާ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

10 އޮކްޓޫބަރު 2021
ހޯދާ