ދިވެހިރާއްޖެ
- ކުރަންޖެހޭ މަސައްކަތްތައް
- ހެޗަރީގެ މައި ފުރާޅުގެއާއި (ހެޗަރީ އެލިވޭޝަން އޭގެ އޭ) އޯވަހެޑް ޓޭންކުގެ ފުރާޅުގެއާއި (ހެޗަރީ އެލިވޭޝަން އޭގެ ބީ) ފެންނަގާ ޕަމްޕް ސްޓޭޝަނުގެ ފުރާޅުގެއާއި (ހެޗަރީ އެލިވޭޝަން އޭގެ ސީ) ފެންބޭރުކުރާ ޕަންޕު ސްޓޭޝަނުގެ ފުރާޅުގައި (ހެޗަރީ އެލިވޭޝަން އޭގެ ޑީ) ޖަހާފައި ހުރި ޓީނުތައް ނަގައި އާޓީނު ޖެހުން.
- ޖަހަންޖެހޭ ޓިނު: ލައިސާޓް ކަލަބޮންޑް، ބޯމިން 0.47 މމ (ޖަހަނީ މިސްޕެސިފިކޭޝަނުގެ ޓިނުކަން ޔަޤީންކޮށްދޭންވާނެއެވެ.)
- ހެޗަރީގެ މައިފުރާޅުގައި މިހާރު ޖަހާފައިވާ ގޮތަށް، ލައިސާޓު 3 ގަނޑުގެ ޓިނުބަރިއެއް މަތިން ތިރިއަށް ޖަހާފައި،
ޕްލިކާރބަނޭޓް ޓިނުގެ އެއް ބަރި ޓިނު މަތިން ތިރިއަށް ޖެހުން.
- ޓްރަސް ތަކުގައި ދަބަރު ޖަހާފައިވާ ތަންތަނުން ދަބަރު ކަހައި، ރެޑްއޮކްސައިޑް އުގުޅުމަށްފަހު ޓްރަސްޓުތަކުގައި ހުރިހާ ހިސާބެއްގައި ދަނގަނޑުގައި ލާ ދަވާދުގެ 2 ކޯޓު ދަވާދުލުން.
- ހެޗަރިއާއި، ފެންނަގާ ޕަންޕް ސްޓޭޝަނާއި، އޯވަހެޑް ޓޭންކުގެ އަސްކެނީގައި މިހާރުކޮށްފައިވާ ސީލިން ނަގައި މިތަންތަން އަލުން ސީލުންކޮށް ދަވާދުލުން.
- އަސްކެނިތައް ސީލިންކުރުމަށް ބޭނުންކުރާނީ "1.5×"2 ލަކުޑިފަތި '2×'2 ދުރުމިނުގައި ފްރޭމްހެދުމަށްފަހު ސިމިންތި ފިލާޖަހައިގެންނެވެ.
- ހެޗަރީގެ މައި ފުރާޅުގައާއި އޯވަހެޑް ޓޭންކުގެ ފުރާޅުގައާއި ފެންނަގާ ޕަމްޕް ސްޓޭޝަނުގެ ފުރާޅުގައާއި ފެންބޭރުކުރާ ޕަންޕު ސްޓޭޝަނުގެ ފުރާޅުގައި ޕީވީސީ ދިޔަ ދޮވިލުން
- ހެޗަރީ މައި ފުރާޅުގެ ދެފަރާތުގެ ދިޔަދޮވީގައި ކޮންމެ ދިޔަދޮއްވެއްގައި 6 ފެންބާލާ ހޮޅި، އޯވަހެޑް ޓޭންކުގެ ފުރާޅުގައި 2 ފެންބާލާ ހޮޅި، ފެންނަގާ ޕަމްޕް ސްޓޭޝަނުގެ ފުރާޅގައި 1 ފެންބާލާ ހޮޅި، ފެންބޭރުކުރާ ޕަންޕު ސްޓޭޝަނުގެ ފުރާޅުގައި ގުޅައި 1 ފެންބާލާ ހޮޅި އަޅައި، ފާރަށް ކްލިޕް ޖަހައި ބިމާއި ހަމަޔަށް ހޮޅިތައް ތިރިކުރުން.
- ފެން ނަގާ ޕަންޕް ސްޓޭޝަނުގެ ފުރާޅުގެ ބޮޑުމިނަކީ 11 ފޫޓު × 14 ފޫޓު، އޯވަހެޑް ޓޭންކުގެ ފުރާޅުގެ ބޮޑުމިނަކީ 15 ފޫޓު × 20 ފޫޓު، އަދި ފެންބޭރުކުރާ ޕަންޕު ސްޓޭޝަނުގެ ފުރާޅުގެ ބޮޑުމިނަކީ 9 ފޫޓު × 28 ފޫޓު
- މަސައްކަތް ހަވާލުކުރާ ފަރާތުން ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންތައްތައް
- މަސައްކަތްކުރުމަށް ބޭނުންވާ ފެން ފޯރުކޮށްދިނުން
- މަސައްކަތް ކުރުމަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުން
- ނިދުމަށް ބޭނުންކުރާނޭ ތަނެއް ދިނުން (ކެއްކުމަށް ބޭނުންކުރާނެ ތަނެއް ހަދަންޖެހޭނީ އަމިއްލައަށެވެ.)
ކޯޓޭޝަނާއި އެކީ ހުށަހަޅަންޖެހޭ ލިޔުންތައް
# |
ލިޔުން |
01 |
ކޯޓޭޝަން (ޚިދުމަތް ނުވަތަ ތަކެތީގެ އަގު، ޖީ.އެސް.ޓީ އަދި ޖުމްލަ އަގު އެނގެން އޮތުމާއިއެކު ކޯޓޭޝަންގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.) |
02 |
ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީ / އަމިއްލަ ފަރާތްތަކުން ކޯޓޭޝަން ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ |
03 |
އެސް.އެމް.އީ ރަޖިސްޓްރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ. (ވިޔަފާރިއެއް ނަމަ) |
04 |
ވިޔަފާރީގެ ޕްރޮފައިލް (ވިޔަފާރިއެއް ނަމަ) |
05 |
ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކުރަންޖެހޭ ނަމަ) |
06 |
ޓެކްސް ކްލިއަރެންސް ރިޕޯޓުގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ) - ކޯޓޭޝަން ކާމިޔާބުވާ ފަރާތުން (ވިޔަފާރިއެއް ނަމަ) |
ކޯޓޭޝަން ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި ކޯޓޭޝަން ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް
މަސައްކަތުގެ އަގަށް |
ތަޖުރިބާއަށް |
މުއްދަތު |
65 ޕޮއިންޓް |
05 ޕޮއިންޓް |
30 ޕޮއިންޓް |
މަސައްކަތުގެ އަގަށް 65 (ފަސްދޮޅަސް ފަސް) ޕޮއިންޓް: |
މަސައްކަތުގެ އަގަށް ޕޮއިންޓްދިނުމުގައި ބެލޭނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓްލިބޭ އުޞޫލަކުންނެވެ. އަގު (ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅު ފަރާތުގެ އަގު × 65 ) |
ތަޖުރިބާއަށް 05 (ފަހެއް) ޕޮއިންޓް |
ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މަސައްކަތް ކޮށްފައިވާ ތަންތަނުން ދީފައިވާ ރަސްމީ ލިޔުންތަކަށް ބަލައިގެންނެވެ. އެގޮތުން އެލިޔުމަކީ މަސައްކަތް ނިންމި ކަމުގެ ލިޔުމަކަށް ވާންވާނެއެވެ. އަދި އެ ލިޔުމުގައި ކުރި މަސައްކަތާއި ތާރީޚާއި އަދި މަސައްކަތުގެ މުޅި ޖުމްލަ އަގު އެނގެންއޮންނަން ވާނެއެވެ. އަދި އެފަދަ ލިޔުމެއް ވާންވާނީ މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތާއި ގުޅުންހުރި ލިޔުމަކަށެވެ. އަދި ގިނަވެގެން ބަލާނީ 05 ލިޔުމަށެވެ. ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދޭނީ އަންނަނިވި ގޮތަށެވެ. ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދަށް 05 (ފަހެއް) ޕޮއިންޓް (ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދު / އެންމެ ގިނައިން ހުށަހަޅާފައިވާ ލިޔުންތަކުގެ އަދަދު × 05) ނޯޓް: ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ބޮޑު ކުޑަމިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ. |
މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތު 30 (ތިރީސް) ޕޮއިންޓް: |
މަސައްކަތުގެ މުއްދަތަށް ޕޮއިންޓްދިނުމުގައި ބެލޭނީ އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓްލިބޭ އުޞޫލަކުންނެވެ. އަގު (ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި ފަރާތުގެ މުއްދަތު × 30 ) |
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 އޮކްޓޫބަރު 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓުޓުގެ އިމާރާތުގައި ހުންނަ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލަޕްމަންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް، ވަޑައިގެންދެއްވުން އެދެމެވެ. ކޯޓޭޝަން ހުޅުވުން އޮންނާނީ ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި ކަމާއި ބެހޭ ކުރެހުންތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައިވާނެއެވެ. މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7821633 ނަންބަރު ފޯނަށެވެ.