ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް

ވަޒީފާގެ ފުރުޞަތު

މަޤާމު

 ސަޕޯޓް ސްޓާފް  

ބޭނުންވާ އަދަދު

 01 ( އެކެއް )

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިވިޝަން / ސެކްޝަން

އެގްޒެކެޓިވް ބިއުރޯ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

މަހަކު -/1200 ރުފިޔާ

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އުސޫލުން، ރިސްކް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލުން އެކިއެކި އިދާރާތަކަށް ރައްދުކުރަންޖެހޭ ލިޔުންފަދަ ތަކެތި ރައްދުކޮށްދިނުން
  2. ހޮސްޕިޓަލަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބެންކަށް ޖަމާކުރުން
  3. ހޮސްޕިޓަލުގެ ފަރާތުން އެކިއެކި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ދައްކަން ދިއުން
  4. ހޮސްޕިޓަލަށް ގެންނަންޖެހޭ މުދާ ފަދަ ތަކެތި ގެނައުމާއި ، ގެނެވޭ މުދާ ކަމާބެހޭ މުވައްޒަފުންގެ ލަފާގެ މަތިން ތަރުތީބުކުރުމުގައި އެހީތެރިވުން
  5. އެހެނިހެން އިދާރާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެތަންތަނަށްގޮސް ، ކުރަންޖެހޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތު

  1.  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 8 ނިންމާފައިވުން.

ތަޢުލީމީ ރޮނގުތައް

ނެތް  

ގުޅޭ ވަޒީފާގެ ދާއިރާ

 ނެތް  

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮކްޓޯބަރ 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2021 އޮކްޓޯބަރ 20 އާއި 28 އޮކްޓޯބަރ 2021 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުގައެވެ.

 

06 އޮކްޓޫބަރު 2021
ހޯދާ