ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުސަތު

ނަންބަރު: 223/1/2021/39(IUL)

ތާރީޚް:  06 އޮކްޓޯބަރު 2021

 

 

މިޓްރައިބިއުނަލުގެ ސީނިއަރ އައިޓީ އޮފިސަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް:

ސީނިއަރ އައިޓީ އޮފިސަރ

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ:            8,000/-ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: 3,200/- ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް:         3,500/- ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ޓްރައިބިއުނަލްގެ ކޮމްޕިއުޓަރވިޔުގަ ޤާއިމް ކުރުމުގެ މަސައްކަތް ކުރުމާއި، ވިއުގައަށާއި ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން.

2- ޓްރައިބިއުނަލްގެ ކޮމްޕިއުޓަރުތަކާއި އެހެނިހެން އިލެކްޓޯނިކް ސާމާނު ބެލެހެއްޓުމާއި މަރާމާތުކުރުން އަދި އެތަކެތި ހުރީ ރަނގަޅު ކޮންޑިޝަންގައި ކަން ޔަޤީންކުރުން.

3- ޓްރައިބިއުނަލްގެ ވެބްސައިޓް ޤާއިމްކުރުމަށް ބޭނުންވާ އިދާރީ ކަންތައްތަކުގައި  އެހީތެރިވެ ދިނުމާއި، ވެބްސައިޓް ބަލަހައްޓައި ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

4- ޓްރައިބިއުނަލްގައި ބޭނުންކުރެވޭނޭ ސޮފްޓްވެއަރ ތަކުގެ ރިކުއަރމެންޓްސްއާއި، ސްޕެސިފިކޭޝަންތައް ކަމާބެހޭ މުވައްޒަފުންގެ މަޝްވަރާއާއިއެކު، ތައްޔާރުކުރުމާއި، މިފަދަ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން.

5- ޓެކްނޮލޮޖީގެ ދާއިރާއިން ޓްރައިބިޔުނަލްގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމްކުރުން.

6-      އީ- ނިއުސް ލެޓަރ، އީ- މެގަޒިން، ހޭންޑްއައުޓް، ފޮތް، ލީފްލެޓް، ބްރޯޝަރސްފަދަ ތަކެތި ތައްޔާރުކުރުމާއި، ޕްރިންޓް ކުރުމުގައި ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ފަންނީ އެހީތެރިކަން ފޯރިކޮށްދިނުން.

7- ޓްރައިބިއުނަލަށް ހޯދާ އިލެކްޓްރޯނިކް ސާމާނު ހޯދުމުގައި ލަފަޔާއި އިރުޝާދުދީ، އަދި އެތަކެތި ހޯދުމުގައި އެހީތެރިވެދިނުން.

8- ޓްރައިބިއުނަލްގެ  ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ތަނުން  ޙައްލު ނުކުރެވިއްޖެނަމަ ކަމާބެހޭ ސެކްޝަނާ ގުޅިގެން ބޭރަށް ފޮނުވައިގެން މަރާމާތު ކުރުން.

9- ޓްރައިބިއުނަލުން ހިންގާއެކިއެކި ޙަރަކާތްތަކުގައްޔާއި، ހިޔަރިންތަކުގައްޔާއި، ބާއްވާ  ބައްދަލުވުންތަކުގެ މަލްޓިމީޑިޔާއާއި، ސައުންޑާއި، ރެކޯރޑިންގ ކަންތައް ރާވާ އިންތިޒާމްކުރުން، އަދި މިތަކެތި ފުރިހަމައަށް މަސައްކަތްކުރޭތޯ ކުރިން ދުރާލާ ބެލުން.

10- ޓްރައިބިއުނަލުގެ މުވައްޒަފުންގެ ހާޒިރީ ބަލާ ނިޒާމާއި ޑޯލޮކް ސިސްޓަމް ބެލެހެއްޓުން.

11- ތަނުން ބޭރަށް ގެންދެވޭ ކޮމްޕިއުޓަރ އާއި އިލެކްޓްރޯނިކް އިކްއިޕްމަންޓްތަކުގެ ތަފްޞީލް ބެލެހެއްޓުން.

12- ޓްރައިބިއުނަލްގެ އައިޓީއާއި ގުޅޭ ކަންތައްތަކުގައި އައިޓީގެ ބޭނުން އެންމެ  ފުރިހަމަ ގޮތުގައި ކުރެވޭނޭ ގޮތްތަކާއި މެދު ތަނުގެ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެހީތެރިވެދިނުން.

13- ޓްރައިބިއުނަލަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަން ޑިވެލޮޕްކުރުމާއި އިންހައުސްކޮށް ނުކުރެވޭ މިފަދަ މަސައްކަތް އައުޓްސޯސްކޮށްގެން ކުރުވުން.

14- ޓްރައިބިއުނަލްގެ ސާވަރއާއި އިންޓަރނެޓް ފެސިލިޓީޒް ރަނގަޅަށް މަސައްކަތްކުރާކަން ޔަޤީންކުރުން.

15- ޕީ.އޭ.ބީ.އެކްސް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތް ކުރުން.

16- ޓްރައިބިއުނަލުން ޙަވާލުކުރާ އެހެނިހެން މަސައްކަތް.

މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން

(ހުނަރުވެރިކަމާއި ތަޖުރިބާއާއެކު):

- އިންފޮރމޭޝަން ޓެކްނޮލެޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވުން. ނުވަތަ

- އިންފޮރމޭޝަން ޓެކްނޮލެޖީއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ޙާޞިލްކޮށް، 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އިންފޮރމޭޝަން ޓެކްނޮލެޖީއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށް، 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.)
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ.) 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ).

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

ހުށަހަޅާނެގޮތް

ތާރީޚާއި ގަޑި

 

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 3 ވަނަ ފަންގިފިލާ)

 

14 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން

 

 

 

 

މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.            

 

06 އޮކްޓޯބަރު 2021

06 އޮކްޓޫބަރު 2021
ހޯދާ